ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން ކުވެއިތަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރު ފަތްކޮޅު އަރުވައިފި

ކުވޭއިތަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރު އަޙްމަދު ސަރީރު، މަޤާމުގެ ފަތްކޮޅު ކުވެއިތުގެ ޚާރިޖީ ވަޒީރު ޢަބްދުالله ޢަލީ ޢަބްދުﷲ އަލް – ޔަހްޔާއަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުގެ ކުވެއިތުގެ ޚަރިޖީ ވުޒާރާގައިއެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ކުވެއިތުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި ސަފީރު އަޙްމަދު ސަރީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކުވެއިތުގެ ވެރިންނާށާއި، ކުވެއިތު ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާ ކުވެއިތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކޮށް، ތަރައްޤީގެ ތަފާތު މަޝްރޫޢުތަކަށް ކުވެއިތުން ވެދެއްވާ އެހީތެރިކަމަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ކުވެއިތާއި ދެމެދު އޮތް ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ސަފީރު ސަރީރު ވަނީ އަރުވާފައެވެ.

ކުވެއިތުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އައު ދައުރު ފެއްޓެވުމާއި ގުޅިގެން ސަފީރު ސަރީރަށް މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭއިން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ސަރީރުގެ އަރިހުގައި ސަޢުދި ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ، އަޙުމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުވެއިތަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގެ އިތުރުން، ސަރީރަކީ ރާއްޖެއިން ސަޢުދި އަރަބިއްޔާއަށް، ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ޑެންމާކަށް ކަނޑައަޅާފައިވާ ސަފީރު ޤީލާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

majilis

ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރަން ރުހުންދީފި

ބޫޓާނަށް ކަނޑައެޅުއްވި ސަފީރު ޝިއުނީން، ރަސްގެފާނަށް ފަތްކޮޅު އަރުވައިފި