ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯއިން މި ހަފްތާގައި ވެސް 15،000 ގަސް އިންދައިފި

Ste

ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކުރުމަށް، ސްޓެލްކޯއިން ވަޢުދުވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ދަނީ ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން ކަމަށާއި މާތްﷲގެ އިރާދަފުޅާއެކު ރައީސްގެ ވައުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒުހިފާފައިވާ ގޮތަށް ފަސްލައްކަ ގަސް އިންދާނެ ކަމަށެވެ.

މިހަފްތާ ބަންދުގައިވެސް ސްޓެލްކޯއިން ވަނީ 15000 ގަސް އިންދައިފައެވެ. އަދި އިންދަމުން ގެންދަނީ އެގަސްތަކުން ރައްޔިތުންނަށް ފައިދާކުރާނެ ގަސްތަކެވެ. އެގޮތުން ގަސް އިންދައި ހައްދަން ޝައުޤުވެރިވާ މީހުންނަށް ތަރުކާރީ އާއި އެހެންބާވަތްތަކުގެ މުޑުވައްވެސް ސްޓެލްކޯއިން ދެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ސްޓެލްކޯއިން އިންދާ ގަސްތައް ހެއްދުމަށްވެސް އެކުންފުނީގެ މުވައްޒިފުން މަސައްކަތްކުރާނެ ކަމަށާއި މަސައްކަތް ނިމިގެންދާއިރު ގަސްތައް ހެދިފައިވާކަން މުވައްޒަފުން ބަލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި