ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ: މެޓް

Focusarea=100110000
FocusArea=100110000

މިއަދުވެސް އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލފާކޮށްފި އެވެ.

މެޓުން ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.

މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން 12:00 އާ ހަމައަށެވެ.

މެޓުން ބުނީ މި ވަގުތުގައި ގަޑިއަކު 20 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން މެޓުން ބުނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކާއި އެހެނިހެން ބޭފުޅުން މޫސުމަށް ސަމާލުވާން މެޓުން އެދިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް