ކުއްލި ޚަބަރު

އާރްއޭސީއެލްގެ ޑީއެމްޑީ ޝާހިދު އެމްޑަބްލިޔުއެސްސީއަށް ބަދަލުކޮށްފި

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ޝައިޚް ފަރީދުގެ ހަނދީ މިސްކިތް ބިނާކުރަން ސަރުކާރުން އެހީ ވަނީ

Qwo

މެލޭޝިއާގައި އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހުމަދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތް ބިނާ ކުރުމަށް ސަރުކާރުން އެހީވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް ފަރީދު އިސްވެ އުފެއްދެވި ޚިދުމަތް ޖަމްއިއްޔާ އިން ފުރަތަމަ ނިންމީ ބަނގްލަދޭޝްގައި އެކަނި ހަނދާނީ މިސްކިތެއް ބިނާކުރުމަށެވެ. ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަން އެހީތެރިވުމުގެ ފުރުސަތު ހުޅުވާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި 760،000 ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ. އެ އަދަދަކީ އެ މިސްކިތް ބިނާކުރުމަށް ފުދޭ އަދަދެއް ކަމަށް ޚިދުމަތް ޖަމިއްޔާ އިން ބުންޏެވެ.

ފަހުން ވެސް ވަރަށް ގިނަ ބަޔަކު އަދިވެސް މި ކަމުގައި ބައިވެރިވުމަށް އެދެމުންދާތީ ޝެއިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަން އެ ޖަމިއްޔާ އިން ވަނީ ނިންމާފައެވެ.

މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހަދިޔާކުރަން ބޭނުންވާ މީހުން 7770000141496 އެކައުންޓް ނަންބަރަށް ފައިސާ ފޮނުވަން ދިއުމަށް އެ ޖަމްއިއްޔާއިން އެދެއެވެ. އެއީ ޚިދުމަތް ޖަމްއިއްޔާގެ ބީއެމްއެލް އެކައުންޓް ނަންބަރެވެ.

މިއާއެކު މިނިސްޓަރު ޝަހީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި ޝެއިޚްގެ ހަނދާނެއް ރާއްޖޭން ބޭރުގައި ހުރުމަށްވުރެ ރާއްޖޭގައި ހުރުން މާ އައުލާކަން ބޮޑު ކަމަށެވެ. އަދި މި މިސްކިތުގައި އިސްލާމީ އިލްމުގެ ލައިބްރަރީ އަކާއި ގުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތަކެއް ހުންނަންވާނެ ކަމަށް ދެކޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

“މިސްކިތް ހުންނަންވީ ވެސް އިސްލާމީ އިލްމުގެ ލައިބްރަރީ އަކާއި ގުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތަކަކާއި އެކުކަމަށް ދެކެން. ޝައިޚް ކުރެއްވި މަސައްކަތް ދިރުވާނެ ތަނެއްގެ ގޮތުގައި ޝައިޚް އަށް ވަގުފެއްގެ ގޮތުގައި،” މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިއާއެކު މިކަމުގައި އެ ޖަމިއްޔާއިން ބޭނުންވާ އެންމެހާ ކަމެއްގައި މިނިސްޓްރީން އެހީވާނެ ކަމަށާއި، އޭގެ ތެރޭގައި މިސްކިތް ބިނާކުރާނެ ތަނެއް ހަމަޖެއްސުމާއި މާލީ ގޮތުންވެސް ދެވެން އޮތް އެހީތެރިކަމެއް ދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އާރްއޭސީއެލްގެ ޑީއެމްޑީ ޝާހިދު އެމްޑަބްލިޔުއެސްސީއަށް ބަދަލުކޮށްފި

MMA

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް އިސްމާއިލް ސާޖިދު

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement