ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީން ދޭ އުފާވެރި ޚަބަރަކީ މިއަހަރު 59 މަޝްރޫއު ނިމޭނެކަން

Ua

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި 59 މަޝްރޫއެއްގެ މަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ ދެއްވައިފިއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސައުދީ ވިދާޅުވީ ކުރީ ސަރުކާރުގައި އެ ކުންފުންޏާ ހަވާލުކޮށްފައި ހުރި މަޝްރޫއުތަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަވާލުކޮށްފައިވާ ޚާއްސަ މަޝްރޫއުތަކުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިއަހަރު ޚާއްސަ މަޝްރޫއުތަކުގެ ގޮތުގައި ހަވާލުކޮށްފައިވާ 20 މަޝްރޫއަކާއި މިހާރު ކުރިއަށްދާ 39 މަޝްރޫޢު ހިމެނޭހެން 59 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމައި، ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިހާރު މަސައްކަތްތައް ކުރިއަށްދާގޮތުން އެވްރެޖުކޮށް މަހެއްގެ ތެރޭގައި 6 މަޝްރޫއު ނުވަތަ 7 މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މަޝްރޫއުތައް ކުރިއަށްދާ ގޮތުން އަންނަ އަހަރު 72 މަޝްރޫއެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

“2026 ގައިވެސް އަޅުގަނޑުމެން ނިންމާނަން 72 ޕްރޮޖެކްޓްސް. އޭގެ ތެރޭގައި ހަމަ ސްޕެޝަލް ޕްރޮޖެކްޓާއި އޮންގޮއިން ޕްރޮޖެކްޓް ހިމެނޭނެ. ގޮސްސަ 2028 އާ ހަމައަށްދާއިރު އެމްޓީސީސީއާ ހަވާލުކޮށްފައިހުރި ޕްރޮޖެކްޓުތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓުގެ އަދަދަށް ބަލާނަމަ އެންމެ ފަހު ކުއާޓަރަށްދާއިރު ނުނިމި ހުންނާނީ 4ވަރަކަށް ޕްރޮޖެކްޓް،” އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ