ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

Big y8ixuorksw3g9xukl9jgvt0si 864x576
ސްޓެލްކޯ — ފޮޓޯ: ޕީއެސްއެމް

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާ ގުޅިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފިއެވެ.

ސްޓެލްކޯ އިން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.

މައްސަލަ ދެނަގަނެ ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އާންމުކޮށް ކަރަންޓުގެ މައްސަލަ ދިމާވާތާ ގިނައިރުތަކެއް ނުވެ، ސްޓެލްކޯ އިން އެ މައްސަލަތައް ހައްލުކުރެއެވެ. ސްޓެލްކޯއަށް ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހު މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑުނެވެ. އެ ދުވަހުގެ މެންދުރު 12:45 ހާއިރު ކަރަންޓު ކެނޑުނު ގޮތަށް މުޅި މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ.

މުޅި މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑުނު ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި