ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައްސާމްގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރާކަން ފުލުހުން ހާމަކޮށްފި

Bs
STO_Ads
TTH_Ads
Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރާކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ އެފްއޭއެމް އަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރަމުންދާ ކަމަށެވެ.

އެގޮތުން، އެ އިދާރާގެ ރައީސް ބައްސާމް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، އެފްއޭއެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާކަން ވެސް ފުލުހުން ހާމަކުރިއެވެ.

ފީފާ އިން އެފްއޭއެމްއަށް ދިން ފައިސާތަކަކަށް ޚިޔާނާތްތެރިވި މައްސަލާގައި ބައްސާމްގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުދުހުދު
ދަރީންނަށް ޙަލާލު ތަކެތި ކާންދޭށެވެ..ހީވެސް ނުކުރާހާ ވަރުގެ ކަންކަން ކުރިމަތި ވެދާނެއެވެ..އަޚުންނާއި އުޚުތުންނަށް ހެޔޮގޮތްތައް މިންވަރު ކޮށް ދެއްވާށިއެވެ.

ގުޅުންހުރި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދިގު މުއްދަތަކަށް ދެމީހުން ޖަލަށް

ފެރިދޫއަށް މަސްތުވާތެކެތި އެތެރެކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

43

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފި

88887

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރަށް ޖަލަށް