ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިތުރު މައްސަލަތަކެއް ތަހުގީގު ކުރާކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އެފްއޭއެމް އަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރަމުންދާ ކަމަށެވެ.
އެގޮތުން، އެ އިދާރާގެ ރައީސް ބައްސާމް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، އެފްއޭއެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާކަން ވެސް ފުލުހުން ހާމަކުރިއެވެ.
ފީފާ އިން އެފްއޭއެމްއަށް ދިން ފައިސާތަކަކަށް ޚިޔާނާތްތެރިވި މައްސަލާގައި ބައްސާމްގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ.
ކިޔުންތެރިންގެ ހިޔާލު