ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

އީވީ ޓެކްސީ ލައިންގެ ޕްރޮޑަކްޝަން މިމަހު ފަށާނެ: އަމީން

ސަރުކާރުން ތަޢާރަފުކުރަން ނިންމަވާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް އޮގަސްޓު މަހުގެ ފަހުކޮޅު ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ހާމަކުރައްވައިފިއެވެ.

ސަރުކާރުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީ ލައިން ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި ޚިދުމަތަކީ ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށާއި، ޒަމާނީ ޓެކްސީ ޚިދުމަތެއް ތަޢާރަފުކޮށް، މިހާރު ދެމުންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ސަރުކާރުން ތަޢާރަފުކުރާ ޚިދުމަތެކެވެ.

ވަޒީރު އަމީން ވިދާޅުވި ގޮތުގައި، ޓެކްސގައި، ޓެކްސީ ލައިން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ޓެކްސީތައް ސަޕްލައިކޮށްދޭނެ ފަރާތެއް ކަނޑައަޅައި، ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މި މަހުގެ 10 ވަނަ ދުވަހު ފެށޭނެއެވެ.

“މިއީ ފުލް އިލެކްޓްރިކް ވެހިކަލް ސެޓަޕަކަށްވާތީ، މީގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި. ސަޕްލަޔަރުންވެސް ކަނޑައެޅި، އެ ފަރާތްތަކާއެކު އެއްބަސްވުންތައްވެސް ވެވިފައިވޭ. މިހާރު އުފެއްދުމުގެ މަރުޙަލާއަށް ބަލާއިރު، މި މަހުގެ 10 ވަނަ ދުވަހު އުފެއްދުން ފެށޭނެ. އިރާދަކުރެއްވިއްޔާ މިހާރު މި ވަނީ ތައްޔާރީ މަރުޙަލާގައި،” ވަޒީރު އަމީން ވިދާޅުވިއެވެ.

މި ޚިދުމަތް ޖުލައި މަހުގެ ކުރީކޮޅު ފެށުމަށް ކުރިން ސަރުކާރުން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މި މަހު ފެށުމަށް ހަމަޖެހިފައިވާތީ، މުއްދަތަށް ބަދަލު އައިސްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

“މި ކަމުގައި ޤަބޫލުކުރަންޖެހޭ އެއް ޙަޤީޤަތަކީ މިއީ އަޅުގަނޑުމެންނަށް ފިހާރައަކުން ގަނެވޭ ފަދަ އެއްޗެއް ނޫންކަން. އަޅުގަނޑުމެން ބޭނުންވާ ސައިޒުގެ ޓެކްސީ، އަޅުގަނޑުމެން ބޭނުންވާ ކުލައިގައި، އަދި އަޅުގަނޑުމެން ބޭނުންވާ އާލާތްތައް ހަރުކޮށްގެން، ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެން ގެންނަންޖެހޭތީ، މުއްދަތަށް ބައެއް ބަދަލުތައް އަންނާނެ. އިރާދަކުރެއްވިއްޔާ އޮގަސްޓު މަހުގެ ފަހުކޮޅަށްވުރެ ލަހެއް ނުވާނެ މި ޓެކްސީ ލައިން ފެށުމަށް. އަޅުގަނޑުމެންގެ އުންމީދަކީ އޮގަސްޓު މަހުގެ ފަހުކޮޅު ރައްޔިތުންނަށް މި ޚިދުމަތް ލިބިގެން ދިއުން،” ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފުކުރުމުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެ ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި މީގެ އިތުރުން މި ޚިދުމަތުގެ ސަބަބުން ޓެކްސީ ޚިދުމަތް ދޭ ޑްރައިވަރުންނަށް ދާއިމީ ވަޒީފާތަކެއް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ގޮތުން ވަޒީފާ ދިނުމުގައި ދަތުރުފަތުރާބެހޭ ވުޒާރާގައި އޮންނަ ޓެކްސީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ 100% ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެ ތެރޭގައި ތިން ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ލިބޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށް ދާއިމީ ވަޒީފާގައި ޑްރައިވަރުން ނެގުމުގެ އިތުރުން ޕާޓް-ޓައިމްކޮށް ދުއްވުމަށްވެސް ޑްރައިވަރުން ނެގޭނެއެވެ.

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޓެކްސީ ޚިދުމަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ELL Mobile Advertisement TTH_advertisement