ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޑައިލިސިސްގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ފެށޭނެ: މިނިސްޓަރު

Ff

މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން ޑައިލިސިސް ސެންޓަރެއް ތަރައްޤީކޮށް ޚިދުމަތް ދޭން ފަށޭނެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ އުނދަގޫ ދަތުރަކަށް ވުމާއެކު އެކަންކަން ފަސޭހަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.

މިނިސްޓަރ ވިދާޅުވީ ފުރަތަމަވެސް ނިންމާފައިވަނީ ރާާއްޖޭގެ ހުރިހާ އޮތޮޅެއްގައިވެސް މަދުވެގެން ޑައިލިސިސްގެ ސެންޓަރެއް ތަރައްޤީކުރުމަށްކަމަށާއި ސެޕްޓެމްބަރުމަހާ ހަމައަށް ދާންވާއިރު ކޮންމެ އަތޮޅަކުންވެސް ޑައިލިސިސްގެ ޚިދުމަތް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އެންމެ ފަހުން ޑައިލިސްގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލެވެ.

މީގެ އިތުރުން މިއަހަރުގެ ފެބުރުއަރީ މަހު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށާފައިވާއިރު، 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑައިިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ނ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓަށް ވަނީ އެނދު އިތުރުކޮށްފައެވެ.

މިހާރު ރާއްޖޭގައި ޑައިލިސިސް ގެ ޚިދުމަތް ނުފެށިވަނީ އއ، އދ، ވ ، މ، ފ އަދި ދ އަތޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް