ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން 20 ވަނަ އޭޝިއަން ކްލީން އެނާޖީ ފޯރަމްގައި ބައިވެރިވެއްޖެ

Uu

ދިވެހިރާއްޖޭގެ ވަފުދެއް 20 ވަނަ އޭޝިއަން ކްލީން އެނަރޖީ ފޯރަމް (އޭސީއީއެފް) ގައި ބައިވެރިވެ، ސާފު ހަކަތައަށް ބަދަލުވުމާއި ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއިން ދެމިހުރި ކަން އަލުން ކަށަވަރުކޮށްދީފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މި ފޯރަމްގައި ދިވެހި ވަފުދުން ބައިވެރިވެ، ޕެނަލް މަޝްވަރާތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، މި މަޝްވަރާތަކުގައި ދިވެހިރާއްޖެއިން ސާފު ހަކަތައަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ގެންގުޅޭ ސިޔާސަތުތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން މި ފޯރަމްގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ ސާފު ހަކަތައިގެ ދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކާ ގުޅުން ބަދަހިކޮށް، އެ ޤައުމުތަކުގެ ތަޖުރިބާއިން މަންފާ ހޯދުން ކަމަށާއި، ދިވެހިރާއްޖެއިން ސާފު ހަކަތައަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ހާމަކުރުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މި ފޯރަމްގައި ބައިވެރިވުމަކީ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމުގައި ބެލެވޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister Thoriq

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި

“ނޭޝަނަލް ކާބަން ރެގިއުލޭޝަން” މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

އުތުރުގެ 13 ފަޅެއްގައި ރިޒޯޓު ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި