ކުއްލި ޚަބަރު

އީރާނުގެ ރައްދު ހަމަލާ: ތަލްއަވީވުގައި ދިފާއީ ވުޒާރާ އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް

މާފުށި ކައިރިން ފީނަން ފޭބި ފަހުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އީރާނުން ދޭނޭ ރައްދު ހަމަލާތަކަށް ބިރުން ނަތަންޔާހޫ އިސްރާއީލުން ބޭރުވެ، ފިލައިފި

ސެޕްޓެމްބަރމަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެ: ނާޒިމް

މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ޑައިލިސިސް ސެންޓަރެއް ޤާއިމުކޮށް، ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް ޞިއްޙީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމް ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހުމަކީ އުނދަގޫ ކަމަކަށްވާތީ، މި ކަން ފަސޭހަކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސްގެ ސިޔާސަތުގެ ދަށުން، އަތޮޅުތަކަށް ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެންމެ ފުރަތަމަ ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑައިލިސިސް ސެންޓަރެއް ޤާއިމުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސެޕްޓެމްބަރު މަހާ ހަމައަށް ދާއިރު، ކޮންމެ އަތޮޅަކުންވެސް މި ޚިދުމަތް ލިބެން ފަށާނެ ކަމަށް އެ މަނިކުފާނު އިތުރަށް ހާމަކުރެއްވިއެވެ.

“މަދު އަތޮޅެއް ފިޔަވައި ގިނަ އަތޮޅުތަކުގައި މިހާރު މި ޚިދުމަތް ވާނީ ފަށާފައެވެ. ވޯލްޑް ހެލްތް ޑޭގެ މުނާސަބަތުގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 4 ރަށެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. ސެޕްޓެމްބަރު މަހާ ހަމައަށް ދާއިރު މި ޚިދުމަތް އިތުރަށް ފުޅާކުރެވޭނެއެވެ. އަދި އަޅުގަނޑުމެން ބަލާނީ ވަކި އަދަދަކަށްވުރެ ޑައިލިސިސް ބަލިމީހުން ގިނަ ރަށްތައް ދެނެގަނެ، އެ ރަށްތަކަށް އަމާޒުކޮށްގެންވެސް މި ޚިދުމަތް އިތުރަށް ފުޅާކުރުމަށެވެ.” ޞިއްޙީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

އެންމެ ފަހުން ޑައިލިސިސްގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައެވެ. މީގެ އިތުރުން، މި އަހަރުގެ ފެބްރުއަރީ މަހު ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށާފައިވާއިރު، 2024 ވަނައަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. އަދި ނ. އަތޮޅު ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓަށް އެނދު އިތުރުކުރެވިފައިވެއެވެ. މިހާރު ރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް ނުފެށި ވަނީ އއ، އދ، ވ، މ، ފ އަދި ދ އަތޮޅުގައެވެ.

ޑައިލިސިސްގެ ޚިދުމަތަކީ ކިޑްނީގެ ބަލިތަކުން އުޅޭ މީހުންގެ ތެރެއިން، ކިޑްނީގެ މަސައްކަތް ވަކި މިންވަރަކަށްވުރެ ދަށްވުމުން، ކޮންމެ ހަފްތާއަކު 2 ނުވަތަ 3 ދުވަހު ހަށިގަނޑުގެ ލޭ ސާފުކުރުމަށް ބޭނުންވާ ޚިދުމަތެކެވެ. މި ޚިދުމަތް ހޯދާ ކޮންމެ ދުވަހަކުވެސް އާންމުކޮށް 4 ގަޑިއިރުގެ މުއްދަތަކަށް ފަރުވާ ދެވެއެވެ.

މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަކީ ޞިއްޙީ ދާއިރާގެ މުހިންމު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން، ގިނަ ބަލިމީހުންނަށް އެމީހުންގެ އަމިއްލަ ރަށުގައި ނުވަތަ ކައިރި ރަށެއްގައި މި މުހިންމު ފަރުވާ ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި މާލެއަށް ދަތުރުކުރުމުގެ ބުރަ އުފުލަން ޖެހުމުން ސަލާމަތްވެ، އާއިލާއާ ގާތުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ސަރުކާރުގެ މި މަސައްކަތަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން، ޑައިލިސިސްގެ ޚިދުމަތަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

އިންވޭސިވް މެނިންގޯކޮކަލް ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނޭ: އެޗްޕީއޭ

ޑރ. މަޖީދު ބަޔަކު ވަނީ ޝަހީދުކޮށްލާފައި: ޝައިޚް އިމްރާން

Focusarea=100110000

އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ: މެޓް

TTH_advertisement ELL Mobile Advertisement