ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

އިސްލާމީ އެއްބައިވަންތަކަމުގެ މުހިންމުކަމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުން ވަނީ ގުޅިލާމެހިފައި: އީދު ޚުތުބާ

އަޟްޙާ ޢީދު ޚުތުބާގައި އިސްލާމީ އެއްބައިވަންތަކަމުގެ މުހިންމުކަމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމުގެ މަތިވެރިކަން ފާހަގަކުރެއްވިއެވެ. އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ ޤުރުބާނީގެ ވާހަކަ ހަނދާންކޮށްދެއްވައި، އެ ބޭކަލުންގެ ކިޔަމަންތެރިކަމާއި ކެތްތެރިކަމުގެ މަތިވެރި ނަމޫނާ ބަޔާންކުރެއްވިއެވެ. މިއަދުގެ މުޖުތަމަޢުގައި ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވާ މައްސަލަ ފާހަގަކުރައްވައި، މިކަމަށް ޙައްލު ހޯދުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ. އިސްލާމީ އުއްމަތުގެ ނިކަމެތިކަމުގެ މައިގަނޑު ސަބަބަކީ ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކާ ދުރުހެލިވުން ކަމަށް ފާހަގަކުރެއްވިއެވެ.

ޞަޙާބީންގެ ކާމިޔާބީގެ ސިއްރަކީ އެބޭކަލުންގެ އިޚްލާޞްތެރިކަމާއިތެރިކަމާއި ކިޔަމަންތެރިކަންކަން ހާމަކުރެއްވިއެވެ. އަދި ޙައްޖާއި ޢީދު ޝަރުޢުކުރެއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި، އެކުވެރިކަން އާލާކުރުން ހިމެނޭކަން ބަޔާންކުރެއްވިއެވެ. އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައި، އެއްބައިވަންތަކަމާއެކު އުއްމަތުގެ މަޞްލަޙަތު ޙާޞިލުކުރުމަށް ގޮވާލެއްވިއެވެ. އަދި ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެ، ދެބަސްވުމާއި ބައިބައިވުމުން ދުރުހެލިވުމަށް އިރުޝާދު ދެއްވިއެވެ.

“މިއަދު އީދު ފާހަގަ ކުރާއިރު إِبْرَاهِيْم عَلَيْهِ السَّلَامއާއި إِسْمَاعِيْلُ عَلَيْهِ السَّلَام ވެވަޑައިގަތް މަތިވެރި ޤުރުބާނީއިން އިބުރަތް ހާސިލުކުރާން ޖެހޭ. އެއީ މާތް اللهއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއް. އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް اللهއާއި އެކަލާނގެ ރަސޫލާ ގެ އެންގެވުންތަކާ ދުރުހެލިވުމެވެ. ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުން. ކީރިތި ރަސޫލާގެ ސަހާބީންގެ ކުރިފުޅު މަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައި، ކިޔަމަންގަތީ ކީއްވެގެންތޯއެވެ! އިސްލާމް ދީނަށް ފައުޖުފައުޖަށް މީސްތަކުން ވަނީ ކީއްވެގެންތޯއެވެ! އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫން. އެ ބޭކަލުންގެ ހަށިކޮޅުތައް ވަރުގަދަކަމަކުން ވެސް ނޫން. އެކަމަކު އެ ބޭކަލުންގެ އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުން.” ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

މާތް الله ޙައްޖާއި ޢީދު ޝަރުޢުކުރެއްވީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށާއި، އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ ދިރިއުޅުމަށާއި، އުންމަތް އާރާސްތުކުރުމަށް ޓަކައި ކަމަށްވެސް ޚުތުބާގައި ވެއެވެ.

“މި ޢީދުން އައު ޞަފުޙާއެއް ހުޅުވައިލައި، ތިމާގެ މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދާ! އެއިރުން މުސްލިމުން ޢިއްޒަތްތެރި ބަޔަކަށް ވާނެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ﮋ ﮔ ﮕ ﮖ ﮗﮊ[ سورة المنافقون: ٨] މާނައީ: “ޢިއްޒަތްވަނީ، اللهއަށް. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށް.” މި ޢިއްޒަތާއި ޤަދަރު ޙާޞިލުކުރެވޭނީ، ދީނުގެ އަސާސުތަކުގައި ހިފައިގެން، ބައިބައިނުވެ، އުންމަތުގެ މަސްލަހަތުތައް ހާސިލުކުރުމަށް ޓަކައި އެއްގަލަކަށް އަރައިގެން. މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށްވެފައި ވަނީ އެ ބައިމީހުންގެ އެއްބައިވަންތަކަން. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނަގައިވޭ، “އަދި اللهއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރައިރުންނުވާށެ! (ދެބަސްވެ އަރައިރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެ. އަދި ތިޔަބައިމީހުން ކެތްތެރިވާށޭ! ހަމަކަށަވަރުން، الله ވޮޑިގެންވަނީ، ކެތްތެރީންނާއެކުގައި” ޚުތުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hafizun

ދިވެހި37 ހާފިޒުން މި ރޯދަމަހު މާލެ ސަރަހައްދުގައި އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ: ޑރ. ޝަހީމް

“ނޫރުލް އަޒާން” މުބާރާތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް

ބަންގި މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް

TTH_advertisement