ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރު ޓެކްސީ ލައިންގެ ކާރުތައް ޕާކްކުރާ ސަރަހައްދު އަމީން ބައްލަވާލައްވައިފި

Am

ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ޒިޔާރަތްކުރައްވައި، އެ ސަރަޙައްދު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރު ޓެކްސީ ލައިންގެ ކާރުތައް ޕާކްކުރަން ބިމެއް ހަމަޖެއްސީ ހުޅުމާލެ ފޭސް ތިނަކުންނެވެ.

މިއަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ މާލޭ ސަރަހައްދަށް އާއްމުން ބޭނުންވާ ކޮންމެ ގަޑިއެއްގައި ޓެކްސީ ގެ ޚިދުމަތް މެދުނުކެނޑި ދިނުމަށް ބޭނުންވަނީ 90 އެއްހާ ޓެކްސީ ކަމަށެވެ. ސަރުކާރުން މި ޚިދުމަތް ފަށަނީ 100 ޓެކްސީ އާއެކުގައެވެ. މިހާރުވެސް ޓެކްސީގެ ޚިދުމަތް ދިނުމަށް 1500 އެއްހާ ޓެކްސީ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ޓެކްސީގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ނުލިބެނީ މިހާރު އެ ޚިދުމަތަކީ،  ޓެކްސީ ދުއްވާ މީހާ ބޭނުންވާ ގަޑިއެއްގައި ޚިދުމަތްދޭން އޮންނަ ކަމަކަށްވެސް ވެފައިވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެން ކަމުން ސަރުކާރުން މިކަން ފަށާ ޑިސިޕްލިން ކުރެވުމުން ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް ސަރުކާރުން ދޭން ނުޖެހޭވަރަށް ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެޕްލިކޭޝަނެއް މެދުވެރިކޮށް މި ޚިދުމަތް ފެށުމުން އެމީހަކު ބޭނުންވާ ވަގުތެއްގައި ވަކި ތަނަކަށް މިހާރު ދަތުރުކުރުމުގެ ޑިސިޕްލިން ރަނގަޅުވެގެންދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރަނީ އަމިއްލަ އަށް މި ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތައްވެސް އެ ޑިސިޕްލިންއަށް ބަދަލުވެ، ކާރުގެ ފެންވަރު ރަނގަޅު ކޮށް ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުކުރާނެ ކަމަށެވެ. އެހެން އެކަންވެއްޖެ ނަމަ ރާއްޖޭގެ ޓެކްސީގެ ޚިދުމަތުގެ ފެންވަރު ކުރިއަށް އޮތް ތަނުގައި ރަނގަޅު ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ