ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢީދު ދުވަހާ ގުޅިގެން އެމްޓީސީސީ ބަސް އަދި ފެރީގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

Mt

ޢީދު ދުވަހާ ގުޅިގެން އެމްޓީސީސީ ބަސް އަދި ފެރީގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

މިގޮތުން އެމްޓީސީސީން މިއަދު ބުނީ އަޟްޙާ ޢީދު ދުވަހު ވިލިމާލެ ބަސް ޚިދުމަތުގެ ދަތުރުތައް 6:00 އިން 8:00 އަށް މެދުކަނޑާލެވޭނެ ކަމަށެވެ.

މީގެ އިތުރުން، ޢީދު ދުވަހު ގްރޭޓަރ މާލެ ބަސް ޚިދުމަތުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ފެށިގެން ކަމަށާއި، ނަމަވެސް ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޢީދު ނަމާދުގެ ކުރިން މާލެ އަދި ހުޅުމާލޭގެ ފޭސް 1 އަދި 2 އިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 5:30 އަދި 6:00 ގައި ބަސްތައް ދަތުރުކުރާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިން އަތޮޅުތެރެއަށް ފޯރުކޮށްދެމުންގެންދާ ސީއެފްއެން ލަކުޑި ފެރީއާއި އާރްޓީއެލް ފެރީ ދަތުރުތައް ޢީދު ދުވަހު ޝެޑިއުލް ކުރެވިފައި ނުވާނެ އެވެ.

އެމްޓީސީސީން ވަނީ ޢީދު ނަމާދާ ގުޅިގެން މާލެ-ތިލަފުށި ފެރީ ޚިދުމަތުގެ ދަތުރުތައް ފަށާ ގަޑިތަކަށްވެސް ބަދަލު ގެނެސްފައެވެ. މިގޮތުން މާލެއިން ތިލަފުއްޓަށް ފުރަތަމަ ދަތުރު ފަށާނީ ހެނދުނު 8:30 ގައެވެ. އަދި ތިލަފުށިން މާލެއަށް ފުރަތަމަ ދަތުރު ފަށާނީ ހެނދުނު 9:00 ގައެވެ.

މީގެ އިތުރުން، ޢީދު ދުވަހު މާލެ-ހުޅުމާލެ ފެރީގެ ޚިދުމަތް ފަށާ ގަޑިއަށްވެސް ބަދަލު ގެނެސްފައިވާއިރު، ހުޅުމާލެއިން މާލެއަށް ފުރަތަމަ ދަތުރު ފަށާނީ 14:00 ގައެވެ. އަދި މާލެއިން ހުޅުމާލެއަށް ފުރަތަމަ ދަތުރު ފަށާނީ 14:30 ގައެވެ. ހަމަ އެއާއެކު މާލެ-ވިލިމާލެ ފެރީ ޚިދުމަތުގެ ޢީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ އޮންނާނީ 6:30 ގައި ކަމަށާއި، ނަމާދަށް ފަހު ފުރަތަމަ ފެރީ ފަށާނީ 8:00 ގައި ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޓީސީސީން ވަނީ މި ބަދަލުތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާނަމަ އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ