ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢަރަފާތް ދުވަހު ފަލަސްޠީނުގެ މުސްލިމުންނަށް ހެޔޮ ދުޢާކޮށްދެއްްވާ: ޑރ. ޝަހީމް

ޢަރަފާތް ދުވަހު ފަލަސްޠީނުގެ މުސްލިމުންނަށް ހެޔޮ ދުޢާކޮށްދެއްްވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ ޢަރަފާތު ބިމުގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ވަޒީރު ވިދާޅުވީ، މިއަދު ޢަރަފާތު ދުވަހާއި ބައްދަލުވެފައި މިވަނީ މުސްލިމް އުއްމަތަށް އުފާވެރި ދުވަސްތަކެއްގައި ނޫންކަމަށާއި ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ މަތިން ހަނދުމަކޮށް ހެޔޮ ދުޢާކޮށްދޭން ޖެހޭނެކަމަށެވެ.

އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިތަނުން އައިސްސަ މިތިބީ. މި ހުރިހާ ކަންކަމަކުންވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަޚުވަތްތެރިކަމާއި، އޯގާވަންތަވެރިކަމާއި، ރޫޙާނިއްޔަތުކަމާއި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއްނަޔަކާއި ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރިކަމެއް އަރަފާތް ދުވަހުގެ އަޅުކަމަކީ.” ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މިއަހަރުގެ ޙައްޖު މޫސުމަށް ސަޢޫދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާކަން ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ޙައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްޙަތާއި ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމްކުރައްވާތީ، ވަޒީރު ވަނީ ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

Shaheem

ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

WhatsApp Image 2026 02 05 at 19.32.06

ރައީސް އިއުލާން ކުރެއްވި ހުޅުމާލޭގައި އިމާރާތްކުރާ ބޮޑު މިސްކިތުގެ ކުރެހުން އާންމުކޮށްފި