ކުއްލި ޚަބަރު

ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއަށް ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް ރައީސް ޝުކުރު އަދާކުރައްވައިފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

އިސްރާއީލުގެ މިނިސްޓަރު ވާހަކަދަައްކަން ފެށުމުން ދިވެހި ވަފުދު އައިއެލްސީން ނިކުމެވަޑައިގެންފި

Isss

ސްވިޒްލޭންޑުގެ ޖެނީވާގައި ކުރިއަށްދާ އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސް (އައިއެލްސީ)ގައި އިސްރާއީލުގެ މިނިސްޓަރު ވާހަކަދައްކަވަން ފެއްޓެވުމުން ރާއްޖޭގެ ވަފުދު ހިމެނޭ ގޮތަށް ގިނަ ގައުމެއްގެ މަންދޫބުން މާލަން ދޫކޮށް ވަޑައިގެންފިއެވެ.

ރާއްޖޭގެ ފަރާތުން އައިއެލްސީގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ.އަލީ ހައިދަރު އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަލީ ނަޒީރާއި އެ ވުޒާރާގެ ބައެއް ވެރިންނެވެ.

މިއަދު އައިއެލްސީ ބައްދަލުވުމުގައި އިސްރާއީލުގެ މިނިސްޓަރު ވާހަކަދައްކަވަން ފެއްޓެވުމުން މިނިސްޓަރު ހައިދަރާއި އޭނާގެ އަރިހުގައި އެ ބައްދަލުވުމަށް ވަޑައިގެންނެވި އެހެން ބޭފުޅުން މާލަން ދޫކުރައްވައި ނުކުމެވަޑައިގެންފައިވާއިރު، އެ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި އެހެން ގައުމުތަކުގެ ގިނަ މަންދޫބުންވެސް މާލަމުން ނިކުމެވަޑައިގެންފައިވެއެވެ.

ޑރ.ހައިދަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވައި އދ.ގެ ސަލާމަތީ މަޖިލީހުގައި ބައެއް ގައުމުތަކަށް ލިބިފައި އޮންނަ ވީޓޯގެ ބާރު ބޭނުންކޮށްގެން އިސްރާއީލުގެ އިޖުރާމީ އަމަލުތައް ދިފާއުކުރާތީ އެކަމަށް ފާޑުވިދާޅުވެ ބައިނަލްްއަގުވާމީ ނިޒާމުގެ އަދުލުވެރިކަން ކަށަވަރުކުރުމަށް ވީޓޯގެ އުސޫލު އުވައިލެއްވުމަށް ދިވެހި ސަރުކާރުގެ ފަރާަތުން ގޮވައިލެއްވި ބޭފުޅެކެވެ.

ދިވެހި ސަރުކާރުން އަންނަނީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މަސްރަހުގައި ހަރުއަޑުން ވަކާލާތުކުރަމުންނެވެ. އޭގެ އިތުުރަށް އިސްރާއީލުން ހިންގާ ނަސްލު ސާފުކުރުމުގެ ޖަރީމާތަކާ ދެކޮޅުހެދުމުގެ ގޮތުން ރައީސް ޑރ.މުޢިއްޒުގެ އިސްނެންގެވުމަށް އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު އިސްލާހުކޮށްފައިވެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ފެންވަރުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމާއެކު، އިސްރާއީލުގެ އިޖުރާމީ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ގައުމީ އެއާލައިންގެ ފަސްވަނަ އޭޓީއާރް ރާއްޖެ އައުމުގެ ދަތުރު ފަށައިފި

އައިސީސީގެ ހަތަރު ފަނޑިޔާރުންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ލަންކާގައި ދިރިއުޅޭ ދިވެހިން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށް, ގިނަ ހަރަކާތްތަކެއް

TTH_advertisement ELL Mobile Advertisement