އެމްޓީސީސީގެ އާރްޓީއެލް ފެރީ އަދި ބަސް ހިދުމަތް ބޭނުންކުރުމައި ބެންކު ކާޑުން ފައިސާގެ މުއާމަލާތް ކޮށްގެން ކުރާ ދަތުރުތަކުގެ ތަފްސީލު އާރްޓީއެލް ވެބްސައިޓުން ބެލޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެމްޓީސީސީން މިއަދު ބުނިގޮތުގައި އެ ހިދުމަތް ލިބޭނީ ބަސް ދަތުރުތަކަށާއި މާލޭ ސަރަހައްދުގައި ކުރާ ފެރީ ދަތުރުތަކަށެވެ. އަދި ދަތުރުގެ ތަފްސީލު ބެލުމަށް އާރްޓީއެލް ވެބްސައިޓުގައިވާ “ޗެކް ޓްރިޕް ޑީޓެއިލްސް” ލިންކަށް ވަނުމަށްފަހު މެސެޖްގައިވާ ރިފަރެންސް ނަންބަރު ޖެހުމުން ދަތުރުގެ މައުލޫމާތު ފެންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އާރްޓީއެލްގެ ދަތުރުތަކަށް ބޭނުންވާ ޓިކެޓް އާރްޓީއެލް އެޕުންވެސް ގަނެވޭނެ އެވެ. އަދި ބަސް ކާޑާއި ބޭންކު ކާޑު އަދި ނަގުދު ފައިސާއިންވެސް ދަތުރުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
ކިޔުންތެރިންގެ ހިޔާލު