ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީ ގިއުގަނޑުގެ ތެރޭގައި އީދުގެ ފާހަގަކުރަން ސަމާލުވާންޖެހޭ: މިނިސްޓަރ

އިސްލާމީ ގިއުގަނޑުގެ ތެރޭގައި އީދުގެ އުފާ ފާހަގަ ކުރަން ސަމާލުކަން ދޭން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އަޟްހާ އީދު ފާހަގަ ކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގުރޫޕަށް މިއަދު ފޮނުއްްވި މެސެޖެއްގައެވެ.

އެގޮތުން މިނިސްޓަރގެ މެސެޖުގައި ވިދާޅުވީ ޢީދަކީ އިސްލާމީ މަތިވެރި ޝިޢާރެއް ކަމަށާއި، އިސްލާމީ މުޖުތަމަޢުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދުގެ އުފާވެރިކަމާއި މަތިވެރިކަމާއި މާތްކަން ދެމެހެއްޓުމަށް މުސްލިމުން ސަމާލުކަން ދޭންވާނެ ކަމަށެވެ.

އަދި އެންމެ ހެޔޮގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޢީދު ދުވަހު އާއިލާއާއެކު ވަގުތު ހޭދަކުރުމާއި، ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވެ އެ މީހުން ވެސް ޢީދުގެ އުފަލުގައި ބައިވެރިކުރުމާއި، ޢީދު ނަމާދު އަދާކުރުމަކީ ނަބަވީ ހިދާޔަތާ އެއްގޮތަށް ޢީދު ފާހަގަކުރުމުގެ މުހިންމު ބައިތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އަޟްހާ އީދަށް ތައްޔާރު ވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. އޭގެ ތެރޭގައި އީދު ލައިޓު ދިއްލުމާއި، ކުޑަކުދިންގެ ހަވީރުތައް ބޭއްވުން ފަދަ ހަރަކާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މިރޭ އޮންނާނެ

vagufu committee

އީދަށް ހަނދު ބެލުން އަންނަ ހަފްތާގެ ބުދަ ދުވަހު އޮންނާނެ: ޑީޖޭއޭ

mosque , miskih, khuthuba

ރަމަޟާންމަހުގެ މިހާތަނަށް ވަނީ ފަނަރަ މިސްކިތް ހުޅުވިފައި: ޝަހީމް

ރޯދަމަހު ދުވާލު ހާމަކަން ބޮޑުކޮށް ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް އިލްތިމާސް ކޮށްފި