ކުއްލި ޚަބަރު

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސްއެއް ހަދިޔާކޮށްފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ ބައްޕަ ނިޔާވެއްޖެ

Heenaaa

އެންސްޕާގެ ސީީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުގެ ބައްޕަ ހަސަން ވަލީދު (ހަސަންބެ) މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ނިޔާވެއްޖެއެވެ. ހަސަންބެ އަވަހާރަވީ އެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އައްޑޫ ސިޓީގެ ހިތަދޫއަށް އުފަން ހަސަންބެއަކީ ގުރުއާނާއި ދީނަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. 70 އަހަރަށްވުރެ މަތީ އުމުރުފުޅުގައި ނިޔާވި ހަސަންބެ ކެންސަރުބަލީގެ އާލާންސްކަންފުޅާ އުޅުއްވާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.

ހަސަންބެގެ ޚިދުމަތްތަކުގެ ތެރޭގައި އައްޑޫ ހިތަދޫގެ ފަޒާ މިސްކިތުގެ އިމާމުކަން ކުރެއްވުމާއި، ނޫރާނީ ސްކޫލުގައި ދަރިވަރުންނަށް ގުރުއާން އުނގަންނަވައި ދެއްވުން ހިމެނެއެވެ.

ހަސަންބެ ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުގައި އޭނާ ސިފަކޮށްފައިވަނީ މިސްކިތުގެ އަހުލުވެރިއެއްގެ ގޮތުގައެވެ. އަދި އެހެން މީހުންނަށް ހިތްހެޔޮކަމާއެކު އެހީތެރިކަން ފޯރުކޮށްދެއްވި، ވަރަށް ދީލަތި ބޭފުޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްއަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވައިފި

މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ކަނޑައަޅުއްވައިފި

Img Md 202404280327021714300022.405

ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރުމާ ބެހޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތެއް ސަރުކާރުން ނުކުރޭ: ހީނާ

TTH_advertisement