ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖަށް ދަނީ ކޯޓާގައެއް ނޫން، ސަޢުދީގެ ދައުވަތަށް: ރައީސް

TTH_Ads
STO_Ads
Advertisement

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައްޖުގެ އަޅުކަން އަދާކުރައްވަން ވަޑައިގަންނަވަނީ ސައުދީން ރާއްޖެއަށް ދީފައިވާ ކޯޓާގެ ދަށުން ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު މިއަދު ދޮގުކުރައްވައިފި އެވެ.

ހައްޖުގެ އަޅުކަމަށް އެމަނިކުފާނު ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު ވަޑައިގަންނަވަނީ ދިވެހިންނަށް ސައުދީން ދީފައިވާ 1000 މީހުންގެ ކޯޓާގެ ދަށުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަދައްކައި ނުރުހުން ފާޅުކުރަމުން ނެވެ. ކޮންމެ ހަފްތާއަކު ގެނެސްދޭ “ރައްޔިތުންނާއެކު” ޕޮޑްކާސްޓުގެ 7 ވަނަ އެޕިސޯޑުގައި އެ ވާހަކަތަކާއި ގުޅިގެން ރައީސާއި ސުވާލު އަމާޒުކުރެވުނެވެ.

އެ ފާޑުކިއުންތަކަށް ރައްދުދެއްވަމުން، ހިނިފުޅުވެޑުވުމަށް ފަހު ރައީސް ވިދާޅުވީ އެފަދަ ދޮގު ވާހަކަތައް ދައްކަމުން ދިޔުމަކީ “ދެރަކަމެއް” ކަމަށެވެ.

HajjCop_ads
Advertisement

“މިއީީ ދެން ދެރަކަމެއް ދެއްތޯ މިކަހަލަ ވާހަކަތައް. ދެން އާއްމުކޮށް ވެސް މީހުން ދޮގު ހަދައިގެން ވާާހަކަދައްކާ އުޅޭ އުޅުން އެއީ ވަރަށް ދެރަ ކަމެއް. އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެސް މިފަހަރު ހައްޖަށް ވަޑައިގެންނެވީ ރާއްޖޭގައި ވެރިކަން ކުރެއްވި އެހެން ބޭފުޅުންނެކޭ އެއްގޮތަށް، ސައުދީ ރަސްގެފާނުގެ ޚާއްސަ މެހެމާން ދާރީގަ އެވެ. މި ދަތުރުފުޅުތަކުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސައިދެނީ ސައުދީ ސަރުކާރުން ނެވެ.

“ދެން އަނެއްކާ އޭގެ އިތުރަށް ދަންނަވާލަން އަޅުގަނޑަށް ވަރަށް ޚާއްސަ ގޮތަކަށް ކަންކަން ހަމަޖައްސައިދީފަ މިއޮތީ. ވަކިން ފްލައިޓެއް ވެސް އެރޭންޖުކޮށްދީފައި، ހަމަޖައްސައިދީފައި. އެއީ ވެސް ސަރުކާރުން އެއްވެސް ޚަރަދެއްކުރަން ޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓާއެއް ވެސް ނުކުރޭ، ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދެނީ،” ރައީސް ވިދާޅުވި އެވެ.

މިއަހަރަކީ ދިވެހި ހައްޖުވެރިންގެ އިންތިޒާމްތަކަށް ރައީސް ޑރ. މުއިއްޒުގެެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ އަހަރެކެވެ.

މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ވަނީ ފުރިހަމަ ކޮށްފަ އެވެ. އަދި ހައްޖު ވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. މިއީ ދިވެހި ހައްޖުވެރިންނަށް ލިބިގެންދާ ބޮޑު ފަސޭހައެކެވެ.

އެގޮތުން މިނާގެ ފެންވަރު ރަނގަޅުކޮށް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ޙައްޖުވެރިން މިނާ އަދި އަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ހުންނާނެ އެވެ. ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ގައުމެއްގެ ހާޖީނެއް ވެސް މިއަހަރު ނުތިބޭނެ އެވެ. މީގެ އިތުރުން އަރަފާތުގައި ދިވެހި ހަޖުވެރިން ތިބޭ ފޭލިގެތަކުގަ އިވެސް ކޮންމެ ހާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަޢުދީގެ ހޮސްޕިޓަލަކާއި ގުޅިގެން މައްކާގައި ދިވެހި ޙައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ވެސް ވަނީ ޤާއިމު ކޮށްފަ އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރާއްޖޭގައި ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި