ކުއްލި ޚަބަރު

ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް، 3 މީހުންގެ ހަލާތު ސީރިއަސް، އިތުރު ފަރުވާއަށް މާލެ ގެންނަނީ

ސޯލިހު، ނަޝީދަށް: ބަދަލު ހިފާނީ ބަލިކަށި މީހުން، އަޅުގަނޑު ބަދަލެއް ނުހިފާނަން!

މީގެ ފަސް އަހަރު ކުރިން ކަނޑަށް ގެއްލުނު ނަސްރުﷲ ގެ މައްޗަށް މާދަމާ ކަށުނަމާދު ކުރަނީ

އަބްދުއްރަހީމްގެ ބަނަފުސާ އަދި އަރާއިރު ނެރެފި

Banaf

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ގެ ޅެން ފޮތް “ބަނަފުސާ” އާއި ލަވަ އަލްބަމް “އަރާއިރު” ނެރެފިއެވެ. އަބްދުއްރަހީމުގެ ޅެންފޮތާއި އަދި ލަވަ އަލްބަމް ނެރުނީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ހަފުލާއެއް މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫގައި ބޭއްވިއެވެ.

ފޮނަދޫގެ އަރާއިރުގެ އިރުން އޮންނަ ފަންނު ސަރަޙައްދުގައި ބޭއްވުނު މި ހަފުލާގައި، ޅެން ފޮތް ނެރެދެއްވީ މަޝްހޫރު ޅެންވެރިޔާ އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ) އެވެ. އަދި ލަވަ އަލްބަމް “އަރާއިރު” ނެރެދެއްވީ އޮނަރަބަލް ހަމްދޫން ޙަމީދެވެ.

މި ހަފުލާގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ޅެންވެރިޔާ މުޙައްމަދު ޝާހިދު ޙަލީމް، އީސާ ޝަރީފް، ހަމްދޫން ޙަމީދު އަދި ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ހިމެނެއެވެ. މީގެ އިތުރުން، “އަރާއިރު” ލަވަ އަލްބަމުގެ މަސައްކަތްތައް ކުރި ‘ޓޮނިކް ލައިވް ސްޓޫޑިއޯ’ގެ ވެރިޔާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ވެސް ބައިވެރިވިއެވެ.

“އަރާއިރު” އަލްބަމަކީ ހިތްގައިމު 6 ލަވަ ހިމެނޭ އަލްބަމެކެވެ. މި ލަވަތަކުގައި ހިމެނެނީ އަބްދުއްރަޙީމް އަބްދުﷲ ގެ ޅެންތަކެވެ. އަދި ލަވަތައް ކިޔާފައިވަނީ ކުޑަ އިއްބެއެވެ. އަލްބަމުގައި ހިމެނޭ ރާގުތަކަކީ ދިވެހި އަމިއްލަ ރާގުތަކެކެވެ. ކުޑަ އިއްބެ ވިދާޅުވި ގޮތުގައި މި އަލްބަމުގެ ލަވަތައް ސައުންޑްކްލައުޑަށް ދޫކުރާނެއެވެ.

ހަފުލާގައި އަބްދުއްރަޙީމް އަބްދުﷲ ގެ ޅެންވެރިކަމާ ބެހޭގޮތުން ޝާހިދު ޙަލީމް، އީސާ ޝަރީފް، އާދަމްބެ އަދި އަޝްރަފް އަލީ ވާހަކަދެއްކެވިއެވެ. އަދި “އަރާއިރު” އަލްބަމް ނެރުމަށްފަހު އެ އަލްބަމުގައި ހިމެނޭ ޅެންވެރިކަމާ ބެހޭގޮތުން ހަމްދޫން ޙަމީދު ވާހަކަފުޅު ދެއްކެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raeees muiz

ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒަށް ވިޔަފާރިތައް ކުރިއަރާނެ މާހައުލެއް އުފެއްދުމަށް ސާބިތުވެ ހުންނާނަން: ރައީސް

hulhumale hospital

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ އެހީތެރިކަމާއެކު ދަނީ މަސައްކަތް ކުރަމުން

Fainu

ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް، 3 މީހުންގެ ހަލާތު ސީރިއަސް، އިތުރު ފަރުވާއަށް މާލެ ގެންނަނީ

Baarah aerial

ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައްވައިފި

TTH_advertisement ELL Mobile Advertisement