ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖުވެރިންގެ 3ވަނަ ގުރޫޕް ސަޢުދީއަށް ފުރައިފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ 3ވަނަ ގުރޫޕް ފުރައިފިއެވެ.

ޙައްޖުވެރިންގެ 3ވަނަ ގުރޫޕް ފުރާފައިވަނީ ހެނދު 6:30 ހާއިރު މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާ ބޯޓުގައެވެ. މިފްލައިޓްން 252 މީހުން ފުރާފައިވެއެވެ. މިފްލައިޓް ޖިއްދާ އެއަރޕޯޓުގައި ޖައްސާނެކަމަށް ލަފާކުރެވެނީ 12:55ގައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އަދި ފެރީގައިވެސް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. އެގޮތުން ރޭ ދަންވަރު 1:30 ގައި ބަސްދަތުރުތައް ފަށާ ޙައްކުވެރިން ވަނީ އެއަޕޯޓަށް ޖަމާވާން ފަށާފައެވެ.

ދިވެހި ރާއްޖެއިން މިއހަރު ޙައްޖަށް ދާ މީހުން ފުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. 4 ގްރޫޕްއަކަށް ބަހާލައިގެން ޙައްޖުވެރިން ސަޢުދީއަށް ދަތުރު ކުރާއިރު ސަޢުދީ އެއަލައިންގެ އިތުރަށް މޯލްޑިވިއަންގެ ފްލައިޓްގައިވެސް ދަތުރުކުރެއެވެ. އެގޮތުން މޯލްޑިވިއަންގެ ބޯޓުގައި މިހާތަނަށް މިވަނީ ދެ ދަތުރު ސަޢުދީއަށްކޮށްފައެވެ. ހައްޖުވެރިންގެ ފަހު ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުއެވެ. އެއީ ސަޢުދީ އެއަލައިންގައެވެ.

ދިވެހި ޙައްޖުވެރިން މިފަހަރު ޙައްޖަށް ފުރަނީ ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

umra

އެކި ސަބަބުތައް ދިމާވެގެން ނުފުރުނު އުމްރާވެރިން ސައުދި އަރަބިއްޔާއަށް ހިނގައްޖެ

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ

ފަހު ވަގުތު އުމްރާދަތުރު ކެންސަލްކުރި ގުރޫޕްގެ 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަދީފި

maldivian hajj

ދިވެހިރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން ގުޅުމަށް ހޮޓްލައިނެއް ގާއިމްކޮށްފި