ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން ޖަރުމަނު ޗާންސެލަރ ދެއްކެވި ވާހަކަތައް ވަރަށް ސީރިއަސްކޮށް ނަގާނަން: އިސްރާއީލު

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒް ދެއްކެވި ވާހަކަތައް ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

ޖަރުމަނުގައި ހުންނަ އިސްރާއީލު އެމްބަސެޑަރ ރޮން ޕްރޮސޮރް ބުނީ، އެއީ، އިސްރާއީލު ސަރުކާރުން ވަރަށް ސީރިއަސްކޮށް ނަގާނެ ވާހަކަތަކެއް ކަމަށެވެ.

ޖަރުމަނު ޗާންސެލަރުގެ ވާހަކަތައް އިސްރާއީލުން ސީރިއަސްކޮށް ނަގަނީ، އޭނާއަކީ އިސްރާއީލުގެ ގާތް ރަހްމަތްތެރިޔަކަށް ވާތީ ކަމަށްވެސް އިސްރާއީލު އެމްބަސެޑަރު ބުނެފައި ވެއެވެ.

ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒް ވިދާޅުވީ، އިސްރާއީލުން ޣައްޒާއަށް މިހާރު ހަމަލާތައް ދެމުންގެންދާ ލެވެލްއާއި، މިންވަރަށް ބަލާއިރު، މިއީ، ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް މިހާރު ނުލެބެވޭ ކަމަށެވެ.

ޗާންސެލަރ ފްރީޑްރިކް މާރޒް ވިދާޅުވީ، އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ގިނައިން މަރުވަމުންދަނީ އާންމުން ކަމަށެވެ.

ޗާންސެލަރ ވިދާޅުވީ، ޣައްޒާގައި އިސްރާއީލު ސިފައިން ހާސިލްކުރަން އުޅޭ ކަމެއް ސާފު ނުވާ ކަމަށެވެ.

ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންވާ ހަތިޔާރުގެ 99 އިންސައްތަ ފޯރުކޮށްދެނީ އެމެރިކާއާއި ޖަރުމަނުންނެވެ.

ޗާންސެލަރ ވިދާޅުވީ، އިސްރާއީލުގެ އެންމެ ގާތް ބައިވެރިޔާގެގޮތުގައި ޖަރުމަނު އަބަދުވެސް އޮންނާނޭ ކަމަށާއި، އެހެން ނަމަވެސް، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާ ޚިލާފްވެ، އިންތަކުން ބޭރުވާއިރު، ކިތަންމެ ގާތް ބައިވެރިޔަކަސް، ބަސްބުނަންޖެހޭ ހާލަތު އަތުވެދާނެ ކަމަށް އިސްރާއީލުވެސް ދަންނަން ޖެހޭނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފި

އެމެރިކާގެ ރައީސް ޓްރަމްޕް އުފެއްދި “ބޯޑް އޮފް ޕީސް” އިފްތިތާހް ކޮށްފި

ޣައްޒާއިން މިއަދުވެސް 10 މީހުން ޝަހީދުކޮށްލައިފި، ގަތުލުއާންމު ނުހުއްޓޭ، އެއްބަސްވުމެއްގެ ބޭނުމެއްނެތް: ހަމާސް

2023 12 30T161109Z 1296480007 RC2S75AAAB70 RTRMADP 3 ISRAEL PALESTINIANS GAZA

ޣައްޒާއަށް އަނެއްކާވެސް ވަރުގަދަ ޙަމާލާތަކެއް ދޭނެކަމަށް ބުނެފި