ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

ލ. މާވަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މުހިންމު މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިއްޖެއެވެ.

މި މަޝްރޫޢު ތަންފީޒުކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި މުހިންމު މަޝްރޫޢުގެ އެއްބަެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާހިމް ނަޒީމްއެވެ.

މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
• 166،400 ކިއުބިކް މީޓަރުގެ ރާޅު ވެލި ގޮނޑުދޮށަށް އެޅުން
• 524 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން
• 7500 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
• 2024 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން
• 180 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން
• 260 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުން

މަޝްރޫޢު ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހަދާނެ ކަމަށް އެމްޓީސީސީއިން ބަޔާންކޮށްފައިވެއެވެ.

މި މަޝްރޫޢަކީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ 89.13 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.

ރަށް ގިރުމާއި އުދައެރުމުގެ މައްސަލައަކީ ލ. މާވަށުގެ ރައްޔިތުން ދިގު މުއްދަތެއް ވަންދެން ކުރިމަ ކުރިމަތިލަމުން އައި ގޮންޖެހުމެކެވެ. މޫސުން ބަދަލުވާ ދުވަސްވަރު އުދައެރުމަކީ އާންމު ކަމަކަށްވެފައި، މިކަމުގެ ސަބަބުން ތިމާވެއްޓަށާއި ގޮނޑުދޮށާ ކައިރި ގޭގެއަށް ލިބެމުންދިޔަ ގެއްލުންތައް ވަރަށް ބޮޑެވެ.

މި މަޝްރޫޢު ނިމުމުން، މާވަށުގެ ރައްޔިތުން ދިގު މުއްދަތެއް ވަންދެން ކުރިމަތިލަމުން އައި މި ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީއިން އުންމީދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ