ކުއްލި ޚަބަރު

މާލޭގެ ބާޒާރުމަތިން ނެގި ގަސްތައް ހުޅުމާލޭގައި އިންދަނީ

އައްޑޫ ގަމުގައި މޫސުމާ ބެހޭ އިދާރާގެ އޮފީހެއް އިމާރާތްކުރަން ވެމްކޯއާ ހަވާލުކޮށްފި

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ސިންގަޕޫރުގެ ހައިކޮމިޝަނަރު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސިންގަޕޫރުން ދިވެހިރާއްޖެއަަށް ކަނޑައަަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު ސޫ ކޮކް ލެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ސަފީރު ސޫ ކޮކް ލެންއާ ރައީސް ބައްދަލުކުރެއްވީ މިއަދު ހެނދުނެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ސަފީރާއި ރައީސް މަޝްވަރާކުރެއްވިއެވެ. އެގޮތުން މަތީ ތައުލީމުގެ ދާއިރާއާއި ސިއްހީ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އޭގެ އިތުރަށްވެސް އައު ދާއިރާތަކުން ދެ ގައުމުގެ މެދުގައި އެކީ މަސައްކަތްކުރުން އިތުރުކުރުމާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފަައިވެއެވެ.

އަދި ރާއްޖޭގެ ވިޔަފާރިއާއި އިގުތިސާދާއި ގެދޮރުވެރިކަމުގެ ދާއިރާގައި ސިންގަޕޫރުގެ ވިޔަފާރިތަކުން އިންވެސްޓުކުރުމަށް ހިތްވަރުދެއްވުމުގެ ޝައުގުވެރިކަންް ރަައީސްވަނީ ފާޅުކުރައްވާފައެވެ. ހާއްސަކޮށް ގެދޮރުވެރިކަމުގެ ދާއިރާއން ފަންނީ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އިއާދަކުރަނަވި ހަކަތައިން ކަރަންޓު ދޭ ތިމާވެއްޓާ ރަހުމަތްތެރި ސިޓީއެއް ބިިނާކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅު ސިންގަޕޫރު ސަަފީރާ ރައީސް ހިއްސާކުރެއްވިއެވެ.

ރައީސާއި ސަފީރުގެ ބައްދަލުވުން ނިންމަވައިލެއްވީ ދެ ގައުމުގެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިލްތިޒާމުވެވަޑައިގަތުމާއެކު، ދެ ގައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި އިސްތިރާޖީ ގޮތުން އެއްބާރުލުން ދިނުން އިތުރުކުރުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީއާއި، ފައިނޭންސް ރޯޑްމެޕް އިފްތިތާހުކޮށްފި

Tholal

ބައިނަލްއަޤްވާމީ މުބާރާތްތަކަށް ރާއްޖެއަށް ފުރުސަތު ލިބުމަކީ ލިބޭފަހި ފުރުސަތެއް: ޠަލާލު

ރައްޔިތުންނަށް ލުއިތައްދެމުންދަނީ އިގުތިސާދަށް ގެއްލުން ނުވާގޮތަށް ރަނގަޅަށް ބަލައިގެން: ރައީސް

450669 284f1999 a

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

TTH_advertisement