ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

“ވިމެން އިން މެރިޓައިމް” ހޭލުންތެރިކަން އިތުރުކުރުމާއި ޚާއްސަ ތަމްރީނު ސެޝަން ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) އިން މެރިޓައިމް ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އަމާޒުކޮށް، ހޭލުންތެރިކަން އިތުރުކުރުމާއި ޚާއްސަ ތަމްރީނު ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (އެމް.އެން.ޔޫ ސީ.އެމް.އެސް) އާ ގުޅިގެން، ވިލިނގިލީގައި ހުންނަ އެ ސެންޓަރުގައެވެ.

އެމް.އެސް.އެސް އިން 2021 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ވިމެން އިން މެރިޓައިމް ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އަންހެނުންނަށް ޚާއްސަކޮށްގެން ހޭލުންތެރިކުރުމުގެ އަދި ތަމްރީނު ސެޝަންތައް ބާއްވަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

އެމް.އެސް.އެސް އިން މީގެ ކުރިން ވެސް ވަނީ އެ ކުންފުނީގެ ހެޑް އޮފީހުގައި އޮޕަރޭޝަންސް، ޑޮކިއުމަންޓޭޝަންސް އަދި ފައިނޭންސްގެ ދާއިރާއިން މަސައްކަތް ކުރުމަށް ޒުވާން އަންހެނުންނަށް އިންޓާންޝިޕް ފުރުސަތު ސަތު ހުޅުވާލާފައެވެ. މީގެ އިތުރުން، އެމް.އެސް.އެސްގެ އުޅަނދުތަކަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާ ގޮތް އަންހެނުންނަށް ދައްކާލުމުގެ ހަރަކާތްތައް ވެސް ގިނައިން ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ އަކީ 4 ފެބްރުއަރީ 2020 ގައި އުފެއްދުނު، ދުނިޔޭގެ ޝިޕިންގ އަދި ލައިނަރ ޚިދުމަތްތަކަށް އަމާޒުކޮށްގެން ހިންގާ ޝިޕިންގ އަދި ލޮޖިސްޓިކްސް ކުންފުންޏެކެވެ. އެމް.އެސް.އެސްގެ މަޤްޞަދަކީ ވިޔަފާރި ފަސޭހަކޮށް، ދިވެހި އިޤްތިޞާދު ރައްޔިތުންނާއި ވިޔަފާރިތަކަށް ފައިދާވާނެ ގޮތަކަށް ބައްޓަންކުރުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެމް.އެސް.އެސް އިން މިހާރު ދަނީ 5 އުޅަނދު އަދި 2500 ޓީއީޔޫއަށްވުރެ ގިނަ ކޮންޓެއިނަރުގެ އިންވެންޓްރީއެއް ބޭނުންކޮށްގެން މެޑިޓަރޭނިއަން، މެދު އިރުމަތި އަދި ފަރު އިރުމަތީގެ މުހިންމު ބަނދަރުތަކުގައި ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި އެ ކުންފުނިން ދަނީ ޝިޕިންގ ދާއިރާ އަލުން ދިރުވުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން، މިހާތަނަށް އެމް.އެސް.އެސް އިން ވަނީ ހެޑް އޮފީހުގެ 80% އަށްވުރެ ގިނަ މުވައްޒަފުން ޝިޕިންގ ދާއިރާގެ އުުނދަގޫ ކަންކަމަށް ތަމްރީނުކޮށްފައެވެ.

އެމް.އެސް.އެސް އިން މި ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ މެރިޓައިމް ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މި ދާއިރާއަށް އަންހެނުން ޝައުޤުވެރިކުރުވުމެވެ. މި ކަމަކީ ދިވެހިރާއްޖޭގެ ޝިޕިންގ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެމް.އެސް.އެސް އިން ފާހަގަކޮށްފައިވެއެވެ.

މި ޚާއްސަ ތަމްރީނު ސެޝަނުގައި ބައިވެރިވި އަންހެނުންނަށް މެރިޓައިމް ދާއިރާގެ އަސާސީ މަޢުލޫމާތާއި، ޝިޕިންގ އިންޑަސްޓްރީގެ ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް އެމް.އެސް.އެސް އިން ބުނެފައިވެއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު އަންހެނުންގެ ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ވެސް މި ސެޝަނުގައި ހިމަނާފައިވާ ކަމަށް މަޢުލޫމާތު ދީފައިވެއެވެ.

އެމް.އެސް.އެސް އިން ބުނެފައިވާނީ:

އަޅުގަނޑުޑުމެންގެ މަޤްޞަދަކީ މެރިޓައިމް ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކޮށް، މި ދާއިރާއިން ހުނަރުވެރި އަންހެން ޕްރޮފެޝަނަލުން އުފެއްދުމެވެ. މި ފަދަ ހަރަކާތްތަކުން އަންހެނުންނަށް މި ދާއިރާގެ ފުރުސަތުތައް ދައްކުވައިދީ، އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރުދެވޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމެވެ.”

މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އެމް.އެން.ޔޫ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ އެހީތެރިކަން ލިބުނު ކަމަށް އެމް.އެސް.އެސް އިން ޝުކުރު އަދާކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކޮށްފި

ފަންސަވީސް ހާސް މަސްދަޅު ކޭސް ގެންދިޔަ ބޯޓު ކޮޅުނބަށް ބަނދަރުކޮށްފި

25،000 ކޭސް މަސްދަޅު ހިފައިގެން އެސްޓީއޯގެ ބޯޓެއް ލަންކާއަށް ފުރައިފި

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް އެމް.ޕީ.އެލް އާއި އެމް.އެން.ޔޫއާ ދެމެދު ފަހުމުނާމާއެއް

TTH_advertisement