ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޮނަދޫގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް

ލ. ފޮނަދޫގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ފޮނަދޫގެ ބޮޑެތި މަގުތައް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އެސްފަލްޓް ބެޗިން ޕްލާންޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

ފޮނަދޫގެ ބޮޑެތި މަގުތައް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން 73 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެސްފަލްޓް ބެޗިން ޕްލާންޓަކީ އެގްރިގޭޓްސް، ބިޓޫމިން އަދި ފިލާ ފަދަ ރޯ މެޓީރިއަލްތައް އެއްކޮށް، މަގު ހެދުމުގައި ބޭނުންކުރާ އެސްފަލްޓް މިކްސްޗާ ހެދުމެވެ. މި ޕްރޮސީޖާގައި ޔުނިފޯމް އަދި މަތީ ފެންވަރުގެ އެސްފަލްޓް މިކްސްޗަރެއް ގެރެންޓީ ދިނުމަށް މެޓީރިއަލްތައް ސީދާ މިނުމާއި ޑޯޒް ކުރަން ޖެހެއެވެ.

ފޮނަދޫ މަގު ހެދުމުގެ މަސައްކަތް 53.9 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 2021 ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2022 މާޗު 22ގައެވެ.

އެ މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އޭގެ އިތުރުންވެސް ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ