ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޔޫރަޕުގެ ފުޓްބޯޅަ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ޝަރަފު އެމްބާޕޭ އަށް

ޔޫރަޕުގެ ފުޓްބޯޅަ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖެހުމުގެ އެންމެ މަތީ ޝަރަފު، ރެއާލް މެޑްރިޑްގެ ހުނަރުވެރި ފޯވަޑް ކީލިއަން އެމްބާޕޭ އަށް ލިބިއްޖެއެވެ. މި ފަހަރު އޭނާއަށް ދެ ރަން ބޫޓުގެ މަތިވެރި މަޤާމު ހާސިލުކުރެވުނެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އާ ވަކިވެ، މި މޫސުމުގެ ކުރިން ހިލޭ ބަދަލުވުމެއްގައި ރެއާލް މެޑްރިޑާ ގުޅުނު އެމްބާޕޭ ވަނީ ނިމިދިޔަ މޫސުމުގައި ޖުމުލަ 31 ގޯލު ޖަހާފައެވެ. އަދ. އަދި މުޅި މޫސުމަށް ބަލާއިރު، އޭނާ ރެއާލް އަށް ޖަހައިދިން ގޯލުގެ އަދަދު 42 އަށް އަރާފައިވެއެވެ. ޔޫރަޕުގެ ފުޓްބޯޅައިގައި ޖަހާ ގޯލާއި ގޯލު ޖަހަން އެހީތެރިވެދިނުމުގެ ޕޮއިންޓް ސިސްޓަމުން އޭނާއަށް 62 ޕޮއިންޓް ލިބިފައިވެއެވެ.

އެމްބާޕޭއަށް ވުރެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަކީ ޕޯޗުގަލްގެ ސްޕޯޓިންގ ލިސްބަންގެ ފޯވަޑް ވިކްޓަރ ގިޔޮކްރެސްއެވެ. އޭނާ 39 ގޯލު ޖެހި ނަމަވެސް، ޕޮއިންޓް ސިސްޓަމުން މާކްސް ދިނުމުން ލިބުނީ 58.5 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ރަން ބޫޓު ހޯދި ލިވަޕޫލްގެ މިސުރުގެ ތަރި މުހައްމަދު ސަލާހަށް ލިބުނީ 56 ޕޮއިންޓެވެ.

އެމްބާޕޭ މި މޫސުމުގައި ރެއާލް އަށް ޖަހައިދިން ގޯލުގެ އަދަދު 42 އަށް އެރި ނަމަވެސް، މޫސުމުގެ ފުރަތަމަ ބައިގައި އޭނާގެ ފެންވަރު އެހާ މަތިވެރިއެއް ނޫނެވެ. އެހެންނަމަވެސް، ފަހުން އޭނާގެ ކުޅުމުގެ ފެންވަރު މަތިވެ، ރެއާލް މެޑްރިޑުގެ އެންމެ އުޖާލާ ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

TTH_advertisement