ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ސްކޫލްތަކުން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ގެންދަނީ

School

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ސްކޫލްތަކުން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް މަޝްވަރާކޮށްފިއެވެ.

ފަސް މިލިއަން ގަސް މަޝްރޫޢުގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިންނާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައި ދަރިވަރުންގެ މެދުގައި ތިމާވެށި ރައްކާތެރިކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ގަސްގަހާގެހި އިންދުމުގެ މުހިންމުކަން އުނގަންނައިދިނުމަށް މި ޕްރޮގްރާމްތައް ރޭވިފައިވާކަމަށް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ހާމަކުރި އެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށެވެ. މި ޕްރޮގްރާމްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސްކޫލްތަކުން ބައިވެރިވާނެ އެވެ.

މި ޕްރޮގްރާމްތަކުގެ ސަބަބުން ކުޑަ އިރުއްސުރެ ދަރިވަރުންނަށް ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އެނގި، އެކަމަށް އަހުލުވެރިވެގެންދާނެ ކަމަށާއި އަދި މުސްތަޤުބަލުގައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ޖީލެއް އުފެދިގެންދާނެ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

Raees Muiz

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް އިޞްލާޙު ގެންނަވައިފި

“މަގޭ ސާފު ރާއްޖެ” މަހާސިންތާ ފަށައިފި

ތިމާވެށި ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ

TTH_advertisement