ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއާމެދު ދުނިޔެ ގެންގުޅޭ ދެފުށްކެހެރި ސިޔާސަތު މެލޭޝިޔާއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

އިސްތިއުމާރީ ޒަޔަނިސްޓު ބާރުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތަކާމެދު ދުނިޔެ ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުތަކަށް މެލޭޝިޔާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އެކަން ކުށްވެރިކޮށްފިއެވެ.

މެލޭޝިޔާގެ ފޮރިން މިނިސްޓަރ މުހައްމަދު ހަސަން ވަނީ، އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

އަދި މި ގަތުލުއާންމުތަކަށް ދުނިޔެއިން ދައްކަނީ ވަރަށް އިހުމާލުވުންބޮޑު ފަރުވާކުޑަ އަދި ދެފުށްކެހެރި ސަޔާތުތަކެއް ކަމަށްވެސް މެލޭޝިޔާގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މެލޭޝިޔާގެ ފޮރިން މިނިސްޓަރ މުހައްމަދު ހަސަން މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތައް ހިމެނޭ އާސިއާންގެ ފޮރިން މިނިސްޓަރުންނާ ކުއާލަލަމްޕޫރުގައި ބައްދަލުކުރައްވައެވެ.

މެލޭޝިޔާގެ ފޮރިން މިނިސްޓަރު ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހުއްޓާނުލާ ޖަރީމާތައް ހިންގަމުން ގެންދަނީ، އިސްރާއީލުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުގެ ނުހިންގުމުގެ ނަތީޖާއެއްގެގޮތުން ކަމަށެވެ.

ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތައް ހިމެނޭ ޖަމާއަތް، އާސިއާން ސަމިޓް ކުއާލަލަމްޕޫރުގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ސަމިޓް ފެށޭ މިދުވަސްވަރަކީ، ޒަޔަނިސްޓުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ވަގުތެކެވެ.

އިސްރާއީލުގެ ހަމަލާތައް ދުނިޔެއިން ކުށްވެރި ކުރަމުން ގެންދާއިރު، ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ މިންވަރު އިތުރުކުރަންވެސް ދުނިޔެއިން ގެންދަނީ ގޮވާލަމުންނެވެ.

މެލޭޝިޔާގެ ފޮރިން މިނިސްޓަރ މުހައްމަދު ހަސަން ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ޖަރީމާތަކަށް އާސިއާން ހިމޭނުން އޮވެގެން ނުވާނޭ ކަމަށެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިޔާއަކީ އިސްރާއީލާ އެއްވެސް ގުޅުމެއް އޮންނަ ގައުމެއް ނޫނެވެ.

ޒަޔަނިސްޓު އިސްރާއީލުން 2023 ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން އެކަނިވެސް، މެލޭޝިޔާއިން މިހާތަނަށް ޣައްޒާގެ ރައްޔިތުންނަށް ޑޮނޭޝަންއާއި، އިންސާނީ އެހީގޮތުގައި 10 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އެހީ ޣައްޒާއަށް ފޯރުކޮށްދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!