ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލު ސިފައިން ބޮންއަޅައި ޣައްޒާ ސިވިލް ޑިފެންސް އޮޕަރޭޝަންސް ޑިރެކްޓަރ އަވަހާރަ ކޮށްލައިފި

ޒަޔަނިސްޓު ސިފައިން ދިން އުދުވާނީ ހަމަލާއެއްގައި ޣައްޒާ ސިވިލް ޑިފެންސް އޮޕަރޭޝަންސް ޑިރެކްޓަރ އަޝްރަފް އަބޫ ނާރް އަވަހާރަ ކޮށްލައިފިއެވެ.

ޒަޔަނިސްޓުން އަޝްރަފް އަބޫ ނާރް އަވަހާރަކޮށްލީ ޣައްޒާގެ މެދުތެރޭ ނުސައިރަތު ރެފިއުޖީ ކޭމްޕްގެ އައް ޒަވައިދާ އަވަށުގައި ހުރި އޭނާގެ ގެއަށް މިއަދު ހެނދުނު ބޮންއަޅައިގެންނެވެ.

މި ހަމަލާގައި އަޝްރަފް އަބޫ ނާރްގެ އަންހެނުންވެސް ޝަހީދުވެފައިވާ ކަމަށް، ޣައްޒާ ސިވިލް ޑިފެންސުން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ޣައްޒާ ސިވިލް ޑިފެންސުން އަޝްރަފް އަބޫ ނާރް ސިފަކޮށްފައިވަނީ، އިންސާނީ އަދި ޕްރޮފެޝަނަލް މަސައްކަތުގައި ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތް ކުރަމުންދިޔަ އަޚްލާގް ރަނގަޅު އަދި ޒިންމާދާރު އޮފިސަރެއްގެ ގޮތުގައެވެ.

ޒަޔަނިސްޓު ސިފައިން މުޅި ޣައްޒާއަށް ބޮން އަޅައި ގެތަކާއި އިމާރާތްތައް ވައްޓަމުން ގެންދާއިރު، އިމާރާތްތަކުގެ ދަށުވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ޣައްޒާ ސިވިލް ޑިފެންސުންނެވެ.

ނަމަވެސް، ހަނގުރާމައިގެ ތެރޭގައި، އިސްރާއީލު ސިފައިންވަނީ ސީދާ ސިވިލް ޑިފެންސްގެ އެތައް އިމާރާތަކަށް ބޮންއަޅައި ހަލާކުކޮށްލާފައެވެ. އަދި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ހެވީ ވެހިކަލްތަކުގެ 90 އިންސައްތަ ވެހިކަލްތަކަށް ގަސްތުގައި ބޮންއަޅައި ހަލާކުކޮށްލާފައި ވެއެވެ.

އަދި އިސްރާއީލު ސިފައިން ހަމަލާދީ، ސިވިލް ޑިފެންސްގެ އެތައްސަތޭކަ މެމްބަރުން ޝަހީދުކޮށްލާފައި ވެއެވެ.

ޒަޔަނިސްޓުންގެ އުދުވާނީ ހަމަލާތަކާ އެކުވެސް، ޣައްޒާ ސިވިލް ޑިފެންސްގެ ޓީމުތަކުން ފުރާނައަށް، އާއިލާއަށް ބެލުމެއްނެތި އަތްފުނާ އަޅައިގެންވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ގެންދަނީ ހުއްޓާނުލާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހެދުން ރާއްޖެއިން ކުށްވެރިކޮށްފި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި

2023 12 30T161109Z 1296480007 RC2S75AAAB70 RTRMADP 3 ISRAEL PALESTINIANS GAZA

ޣައްޒާއަށް އަނެއްކާވެސް ވަރުގަދަ ޙަމާލާތަކެއް ދޭނެކަމަށް ބުނެފި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި