ކުއްލި ޚަބަރު

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

އުތުރަށް މޫސުން ގޯސް، ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު

ޙައްޖުވެރިންގެ ކަންކަން ފަސޭހަ ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން: ޑރ. ޝަހީމް

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ޙައްޖުވެރިންގެ ކަންކަން ފަސޭޙަ ކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ޙައްޖުވެރިންގެ ކަންކަން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިކަންކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިންނަށް މިރޭ ޙައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މާތް ﷲގެ އިރާދަފުޅާއެކު ދިވެހި ޙައްޖުވެރިންނަށް މިއަހަރު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނެއްވުމަށް ނިންމެވިކަމީ ދިވެހިރާއްޖޭގެ ޙައްޖުގެ ތާރީޚުގެ ތެރެއަށް އަންނަ އެންމެ ފަސޭހަ ކަންތައްތަކަށް ވެގެންދާނެކަމަށެވެ.

ވަޒީރުގެ ވާހަަކަފުޅުގައި ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ޙައްޖުވެރިންނާއި ޙިއްސާ ކުރައްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަސޭހަކަން ޙައްޖުވެރިންނަށް އިޙްސާސް ވެގެންދާނީ ޖިއްދާ އެއާޕޯޓުންކަމަށާއި ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ސަޢުދީ ސަރުކާރުގެ އިސްތިޤުބާލު ކުރައްވާނެކަމަށާއި، އިމިގްރޭޝަންގެ ކަންކަމަށް އަދި ފޮށިތައް ނެގުމަށްވެސް ޙައްޖުވެރިން އެއާޕޯޓުގައި މަޑުކުރަން ނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ޙައްޖުވެރިންގެ ހައްޤުގައި ދިވެހި ސަރުކާރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިއްބަވާނެކަމަށާއި، ޙައްޖުވެރިއަކަށް ޙާލަތެއް ދިމާވިނަމަވެސް ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރިންގެ ތެރެއިން މިއަހަރު ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު އެއާޕޯޓުގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި

ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ޤައުމީ ޚިދުމަތުގެ ޕްރޮގުރާމަށް ޒުވާނުންގެ ބޮޑު ތަރުހީބެއް

TTH_advertisement ELL Mobile Advertisement