ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ސައުދީގައި ގާއިމް ކުރަނީ

Hass

ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށް ސައުދީ އަރަބިއްޔާގައި ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ކްލިނިކް ގާއިމް ކުރުމަށް ސައުދީ ސަރުކާރުން ހައްޖު މިޝަންއަށް ރަސްމީކޮށް ހުއްދަ ދީފައިވާ ކަމަށެވެ.

ކްލިނިކް ގާއިމު ކުރާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ހައްޖު ކޯޕަރޭޝަނުން ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ގާއިމްކޮށްފައިވާ ކަމަށާއި، ބޭސްފަރުވާ އާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ގާއިމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ މިއީ މިގޮތަށް ސައުދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމުކުރެވިގެންދާ ފުރަތަމަ ފަހަރު ކަމަށްވެސް ވިދާޅުވެފަ އެވެ.

މިއަހަރު ރާއްޖޭން ހައްޖަށް ދާ މީހުން އަންނަ ހޯމަ ދުވަހު ފުރަން ފަށާނެ އެވެ. ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ހައްޖު ދުވަސް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

Shaheem

ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

WhatsApp Image 2026 02 05 at 19.32.06

ރައީސް އިއުލާން ކުރެއްވި ހުޅުމާލޭގައި އިމާރާތްކުރާ ބޮޑު މިސްކިތުގެ ކުރެހުން އާންމުކޮށްފި