ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ފޯވަޑް ރަފީނިއާ ބާސެލޯނާގައި މަޑު ކުރުމަށް އެ ކްލަބާއިއެކު ސޮއިކޮށްފި

ބާސެލޯނާގެ ފޯވަޑް ރަފީނިއާ އިތުރު އަހަރަކު ބާސެލޯނާގައި މަޑު ކުރުމަށް އެ ކްލަބާއިއެކު ސޮއިކޮށްފި އެވެ.

ބްރެޒިލް އަށް އުފަން ރަފީނިއާ ބާސެލޯނާގައި އިތުރު އަހަރަކު މަޑު ކުރުމަށް ނިންމާފައިވާއިރު އޭނާ އާއިއެކު ކުރިން އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި އިތުރު އަހަރަކު މަޑުކުރުމަށް ނިންމުމާއިއެކު އޭނާ ބާސެލޯނާގައި 2028 ވަނަ އަހަރުގެ ނިޔަލަށް މަޑު ކުރާނެ އެވެ.

އުމުރުން 28 އަހަރުގެ ރަފީނިއާ ބުނެފައިވަނީ ބާސެލޯނާ އާއިއެކު އިތުރު އަހަރަކު މަޑު ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

“މިއީ އަހަރެންނަށް ވަރަށް ހާއްސަ ކަމެއް. އަހަރެންނަށް ބާސެލޯނާ އާއިއެކު އިތުރު އަހަރަކު މަޑު ކުރަން ފުރުސަތު ލިބުނީމަ ވަރަށް އުފާވެ ހިތްހަމަޖެހިފައި މިހިރީ.” ރަފީނިއާ ބުންޏެވެ.

“އަހަރެންގެ އާއިލާ މީހުން ކައިރީގައިވެސް ބުނެފައި އޮންނާނީ އަހަރެން ބޭނުންވަނީ ބާސެލޯނާގައި ހުރެ ފުޓްބޯޅަ ކުޅުން ހުއްޓާލަން ކަމަށް. އަދި އުންމީދު ކުރަނީ އެކަން އެގޮތަށް ކުރުމުގެ ފުރުސަތު އަހަރެންނަށް ލިބިގެންދާނެ ކަމަށް.” ރަފީނިއާ އިތުރަށް ބުންޏެވެ.

ރަފީނިއާ ވަނީ ބާސެލޯނާ އިން މި ސީޒަނުގައި ކުޅުނު 56 މެޗުގައި 34 ގޯލު ޖަހައި އިތުރު 25 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ބާސެލޯނާއިން މި ސީޒަނުގައި ސްޕެއިންގެ ތިން މުބާރާތް ކަމުގައިވާ ލަލީގާ އާއި ސްޕެނިޝް ސުޕަރ ކަޕްގެ އިތުރުން ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ހޯދިއިރު ރަފީނިއާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވާ ރަފީނިއާ އަކީ ކުރިއަށް އޮތް ބެލޮންޑިއޯ އަށް ވާދަކުރާނެ ކުޅުންތެރިއެއްގެ ގޮތުގައި ރިޕޯޓްތައް ވަނީ ސިފަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި

TTH_advertisement