ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާގެ އެހީގައި ކައުންސިލް އިމާރާތްތައް އަޅަނީ

Chinna

ކައުންސިލް އިދާރާތަކުގެ އައު އޮފީސްތައް އެޅުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމަރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާއެވެެ.

މި އެއްބަސްވުމުގެ ދަށުން 50 ކައުންސިލެއްގެ އިމާރާތް ޑިޒައިންކޮށް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި 50 އިމާރާތުގެ ތެރެއިން ފުރަތަމަ ބާވަތުގެ އިމާރާތުގައި ހިމެނެނީ 30 އިމާރާތެވެ. އަދި ބާކީ 20 އިމާރާތް ހިމެނެނީ ދެވަނަ ބާވަތުގަ އެވެ.

މީގެކުރިން ވަނީ 55 ކައުންސިލެއްގެ އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރުއޫ ހަވާލުކޮށްފައި ވަނީ ދެ އަހަރާ ހަމަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކައުންސިލުތަކުގެ އިމާރާތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ޗައިނާގެ ތަރައްޤީގެ މަންފާ ރާއްޖެއަށާއި ދުނިޔެއަށް ލިބޭނެ: ސަފީރު ކޮންގް

Image 20

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

990

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ