ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އެއްގައުމު ދަތުރުފަތުގެ ހޭލުންތެރިކަމަށް ކުރިއަށްގެންދާ ގައުމީ ކެމްޕޭނުގެ ކޮމިޓީ މަސައްކަތް ފަށައިފި

އެއްގަމު ދަތުރުފަތުގެ ޤަވާއިދުތަކަށް މީހުން ހޭލުންތެރިކުރުމަށް މުޅި ރާއްޖެ ޝާމިލްވާ ޤައުމީ ކެމްޕޭން ހިންގުމަށް ކޮމިޓީ އެކުލަވާލައި މަސައްކަތް ފަށައިފިއެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވުމާއެކު، އެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެ މިނިސްޓްރީން މަސައްކަތް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ގުޅުންހުރި އިދާރާތައް ހިމެނޭހެންނެވެ. އެގޮތުން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، ކެމްޕެއިން ފެށުމަށް ބޭނުންވާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

އިއްޔެ ބޭއްވި ކޮމިޓީ ފުރަތަމަ ބައްދަލުވުމުގައި ވަނީ ޤައުމީ ކެމްޕޭން ހިންގުމަށް ބޭނުންވާ ޕްލޭންއާ ގުޅޭ މަޝްވަރާތައް ކޮށްފައެވެ.

އެއްގަމު ދަތުރުފަތުރުގެ ޤަވާއިދުތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ޤައުމީ ކެމްޕޭނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ. އޭގެތެރޭގައި ސްކޫލް ދަރިވަރުންނަށް ހިންގާ ޕްރޮގްރާމްތަކާއި މީޑިއާ މެދުވެރިކޮށް ގެނެސްދޭ ޕްރޮގްރާމްތަކުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އާއްމު ތަންތަނުގައި ކުރިއަށްގެންދިއުން ހިމެނެއެވެ.

އެއްގަމު ދަތުރުފަތުގެ ޤަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލްވާ ޤައުމީ ކެމްޕޭން ފަށަން ނިންމީ، ވަޒީރުންގެ މަޖިލީހުންނެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހަށް އެ ކަރުދާސް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެއްގަމު ދަތުރުފަތުގެ ޤަވާއިދުތަކަށް އާއްމުން ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ފަށަން ތައްޔާރުވާއިރު، އެއްގަމު ދަތުރުފަތުރާއި ގުޅޭ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޝަރުތުހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން އަލުން ހުޅުވާލައިފި

vehicle

އުޅަނދުތަކުގެ ޖޫރިމަނާ ހުއްޓަސް ރަޖިސްޓްރީ ބާތިލްކޮށްދޭން ނިންމައިފި

traffic

ގަރާޖު ހުއްްދަ ނެގުމުގައި ރައްޔިތުންނަށް އޮތް ދަތިކަމަށް ލުއިތަކެއް ގެންނަން ނިންމައިފި

ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް އަންގައިފި

TTH_advertisement