ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މ. އަތޮޅުގެ ފުރަތަމަ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމާއި އެކު އަތޮޅަށް އުފާވެރިކަން ގެނެސްދެއްވައިފި!

Maldivian_Ads
STO_Ads
TTH_Ads
Advertisement

މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ރަސްމީކޮށް ހުޅުވައި ޚިދުމަތް ފަށައިފިއެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން މ. މުލީގައި ތަރައްޤީކޮށްފައިވާ މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކާ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ދަޢުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ މުއްޔަށް ވަޑައިގަތުމުން، އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މުލީ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުލީ ރައްޔިތުންގެ ފަރާތުންނާއި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަަސްމިއްޔާތުގައި މުލީގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

HajjCop_ads
Advertisement

މ. އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، މިއީ ރާއްޖޭގައި މިވަގުތު އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. މި އަތޮޅުގައި އެއަރޕޯޓެއް ޤާއިމުވެގެންދިޔުން އެއީ މި ސަރަޙައްދުގެ ރައްޔިތުން މީގެ އެތައް ޒަމާންތަކެއް ކުރިންސުރެ ދެކެމުންދިޔަ ހުވަފެނެކެވެ. އަތޮޅުގެ ވެރިކަންކުރާ ރަށް މުލީގައި ހުޅުވުނު މި އެއަރޕޯޓާއެކު ރައްޔިތުންގެ މި ޒަމާންވީ ހުވަފެނުގައި ހަޤީޤީ ކުލަޖެހި، ލަފާފުރުމުގައި އިތުރު ފަސޭހަތަކެއް އެ އަތޮޅުގެ ރައްޔިތުންނަށް މިހާރު މިވަނީ ލިބިފައެވެ.

އެންމެފަހުގެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތަކާއެކު ޤާއިމުކޮށްފައިވާ މުލި އެއަރޕޯޓުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2021 ގައެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ހަމަ އެއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އެކުންފުނިން ވަނީ ފަށާފައެވެ.

ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ. އަދި ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މުލީ އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ މީގެކުރިން އެރަށު އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުން ބަޔަކާއި، ރަންވޭގެ ވަށައިގެން އިތުރަށް 14 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެއަރޕޯޓުގެ މަސައްކަތްތައް ނިންމާ، އޮޕަރޭޝަނަަށް ގެނައުމަށްވާންޖެހޭ ތައްޔާރީތަކަށްފަހު ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 25 ވަނަ ދުވަހުއެވެ. އަދި މުލީ އެއަރޕޯޓަށް ކޮމަރޝަލް ދަތުރުތައް ކުރުމަށް ރީޖަނަލް އެއަރޕޯޓްސްއިން ހުޅުވާލުމާއެކު ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވަނީ އެކަމުގެ ޝަޢުގުވެރިކަން ފާޅުކޮށް، ޓިކެޓް ވިއްކަން ހުޅުވާލާ، މިމަހުގެ 24 ގައި ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް މުލީ އެއަރޕޯޓަށް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުއެވެ. މިއީ ގާތްގަނޑަކަށް 35 މިނެޓުގެ ދަތުރެކެވެ. މި ރޫޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް މޯލްޑިވިއަންގެ ޕްރީމިއަމް އިކޮނޮމީގެ ޚިދުމަތް ލިބޭނެކަމަށް އެ އެއަރލައިނުން މައުލޫމާތުދެއްވައެވެ.

މުލީ އެއަރޕޯޓުގެ އޮޕަރޭޝަންތައް ރަސްމީކޮށް ފެށުމާއެކު، ދަތުރުފަތުރުގެ ލުއިފަސޭހައިގެ އިތުރުން ވިޔަފާރިއާއި އިޤްތިޞާދީގޮތުންވެސް އަތޮޅަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big QRSrPxjBASQayqQiZw1g32vj6

ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖަހާ ނިންމައި، ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

WhatsApp Image 2026 10 17 at 10.05.30

ގެމަނަފުށީ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް