ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ރަށްތަކުން އާންމުން ގަދަކަމުން ބޭރުކުރަން ފަށައިފި، ދެކޮޅުހަދާ އެންމެންނަށް މަރު!

ޒަޔަނިސްޓު އިސްރާއީލުގެ އަސްކަރިއްޔާއިން ފެށި “އޮޕަރޭޝަން” ގެ ދަށުން ޣައްޒާގެ ރަށްތަކުން ގަދަކަމުން އާންމުން ބޭރުކުރަން ފަށައިފިއެވެ.

އާންމުން، އެމީހުންގެ ގެދޮރުން ބޭރުކުރުމުގެ އެންމެ ފުޅާ އޮޕަރޭޝަން ފަށާފައިވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައެވެ.

ޚާން ޔޫނިސްއަކީ ޣައްޒާގެ ދެވަނައަށް އެންމެބޮޑު ސިޓީއެވެ.

ޒަޔަނިސްޓު ސިފައިން ޚާން ޔޫނިސްއަށް އެއްގަމާއި ވައިގެމަގުން ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އަދި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަމަލާތައް ވަރަށް ފުޅާކޮށްފައިވެސް ވެއެވެ.

މި ހަމަލާތަކުގައި އެތައް ކުޑަކުދީންނާއި، އަންހެނުންނާއި އާންމުން ޝަހީދުކޮށްލާފައިވާއިރު، އެތައްހާސް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.

ޒަޔަނިސްޓު އަސްކަރިއްޔާއިން މިހާރުވަނީ ޚާން ޔޫނިސްއަށް އިންޒާރު ނެރެފައެވެ.

ޒަޔަނިސްޓު އަސްކަރިއްޔާގެ އަރަބި ބަހުގެ ތަރުޖަމާނު، އެކްސްގައި ކުރި ޕޯސްޓެއްގައި އާންމުންނަށް އަންގައި އިންޒާރު ކޮށްފައިވަނީ، ގެދޮރު ދޫކޮށް އަދި ޚާން ޔޫނިސްއިންވެސް “ވަގުތުން” ބޭރުވުމަށެވެ.

އަދި ޚާން ޔޫނިސްއަށް ވަރުގަދަ ހަމަލާތަކެއް ދޭނޭ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.

މި އިންޒާރުގައި، ޚާން ޔޫނިސްގެ އިތުރުން، އެ ސިޓީއާ ގާތުގައިވާ ބަނީ ސުލައިހާއާއި، އަބަސަން ސަރަހައްދުވެސް ހިމަނާފައި ވެއެވެ.

މިއިންޒާރުގައި، އާންމުންނަށް އަންގާފައިވަނީ އަލް މަވާސީ ސަރަހައްދަށް މިސްރާބު ޖެހުމަށެވެ.

އަލް މަވާސީއަކީ ޒަޔަނިސްޓުން ސޭފް ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއް ނަމަވެސް، އަލް މަވާސީގައި އާންމުން ދިރިއުޅޭ ޓެންޓުތަކަށާއި، އާންމުންގެ ގެތަކަށް ބޮންއަޅައި މީހުން މެރުމަކީ އާންމު ކަމެކެވެ. އެއީ އެއްގޮތަކަށްވެސް ރައްކާތެރި ސަރަހައްދެއް ނޫނެވެ.

ޚާން ޔޫނިސް ހުކުރަން ޒަޔަނިސްޓު އަސްކަރިއްޔާއިން އަމުރުކޮށް އިންޒާރު ނެރުނު އިރު، ޣައްޒާގެ މެދުތެރޭ އަލް ގަރާރާއިން އާންމުން ނުކުރުމަށްވެސް އިއްޔެ އިންޒާރު ކޮށްފައި ވެއެވެ.

ޣައްޒާގެ އުތުރާއި، ޣައްޒާގެ މެދުތެރޭގެ ސިޓީތަކާއި، އަވަށްތަކުން އާންމުން ގަދަކަމުން ނެރެ މަގުމަތިކޮށް، ޒަޔަނިސްޓު ސިފައިން ގެންދަނީ ޣައްޒާގެ ދެކުނަށް ފައްސަމުންނެވެ.

އެމީހުންގެ މަގްސަދަކީ ދިރިތިބި ބަޔަކު ވިއްޔާ ދެކުނުން ރަފަހަށް ޖަމާކުރުމަށްފަހު ޣައްޒާއިންވެސް އެމީހުންވެސް ބޭރުކޮށްލުމެވެ. ނަތަންޔާހޫގެ ޕްލޭނަކީ މިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ރާއްޖެއަށް ޖެއްސީ ހަނގުރާމަޔާ ގުޅޭ ބޯޓެއް ނޫން: ރައީސް

kulli khabaru

އިޒްރޭލުން އީރާނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފި

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ “ސްޕީކާ އޮފް ދަ ކްނެސެޓް މެޑަލް” މޯދީއަށް

767

ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފި