ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ވޯލްޑް ހެލްތު އެސެމްބްލީ ފަށައިފި

Nazi

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 78ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

މި މަހުގެ 19އިން 27އަށް ކުރިއަށްދާ މިބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު 194 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ވަފްދުގައި ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ އިސްބޭފުޅުންގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވެއެވެ.

78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ރަސްމީ ބަޔާން ދެއްވުމަށް ހަމަޖެހިމައިވާ ތަޤްރީރުގެ މައުޟޫއަކީ “ވަން ވަރލްޑް ފޯ ހެލްތު” އެވެ.

ވޯލްޑް ހެލްތް އެސެމްބްލީގައި ދުނިޔޭގެ ޞިއްޙީ ދާއިރާއިން މިހާރު ފާހަގަކުރެވޭ ތަފާތު މައުޟޫތަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ޔުނިވާސަލް ހެލްތު ކަވަރޭޖް، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތަކަށް މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އިމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް، ޕްރޮގްރާމް ބަޖެޓްއާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ. އަދި، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތައް މެދުވެރިވުމުން އަމަލުކުރާނެ ގޮތްތަކާ ގުޅޭ މުހިންމު އެގްރީމެންޓެއް ކަމަށްވާ “ޕެންޑަމިކް އެގްރީމަންޓް”ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމުޢިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިއްޙީ ދާއިރާއާ ގުޅޭ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

990

ގައުމީ ސިއްހީ ލެބް ހަދަން ޖަރުމަންގެ ކުންފުންޏަކާ ހަވާލުކޮށްފި

ގަމު ހޮސްޕިޓަލުގެ އާ އިމާރާތާއި ބަނދަރުގެ މަޝްރޫއު އެމްޓީސީސީއަށް

ށ.ފޭދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް

TTH_advertisement