ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ބަންކަރިންގެ ހިދުމަތުން އެސްޓީއޯއަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

Grkimebwwaara9m 2
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވާހަކަދައްކަވަނީ — ފޮޓޯ: އެސްޓީއޯ

ބަންކަރިންގެ ހިދުމަތުން އެސްޓީއޯއަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނަސަންދުރާ ހޮޓަލުގައި މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު ފެށި ބަންކަރިންގެ ހިދުމަތްތައް މާލެ ސަރަހައްދުގައި ވަރަށް ރަނގަޅު ކަމަށާއި ބޮޑެތި ޝިޕިން ލައިނާތަކުގެ އިތުބާރު ލިބިފައިވާ ކަމަށެވެ.

ބަންކަރިންގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އަވަށްޓެރި ގައުމުތަކާ އެ ހިދުމަތުގައި ވާދަކުރުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ލައިނާގެ ކްރޫސްލައިނާއަކަށް ހިދުމަތްދެވިފައިވާ ކަމަށާއި މިހާތަނަށް އެ ހިދުމަތުން އެސްޓީއޯއަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އަދި އެ ހިދުމަތުގެ ކާމިޔާބު އޭނާ ފާހަގަކުރެއްވިއެވެ.

ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލްއާ ގުޅިގެން އޯފްޝޯ ހިދުމަތެއްގެ ގޮތުގައި ބަންކަރިންގެ ހިދުމަތް ފެށީ އިހަވަންދިއްޕޮޅުގައެވެ. އެ ހިދުމަތަށް އެސްޓީއޯ އިން ދެ ބޯޓެއް ބޭނުންކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގޭހަކަށް ނުޖެހޭނެ، އަންނަ ހަފްތާގައި ކޮންޓްރޯލް ދޫކޮށްލާނެ

ސާފް ޗެމްޕިއަން ފުޓްސަލް ޓީމަށް އެސްޓީއޯއިން ރަތްދޫލައިގެ މަރުހަބާއެއް

STO

އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 15.5 ބިލިއަން ރުފިޔާ

ރާއްޖެއާއި އޮމާނާ ދެމެދު މަޝްވަރާތަކެއް ބާއްވައިފި

TTH_advertisement