ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން އާންމުންގެ ޚިޔާލު ހޯދަނީ

Saud
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށްޓަކައި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މިކަމަށް ހިޔާލު ހޯދުމަށް އެމްޓީސީސީން ވަނީ ކިއުއާރު ކޯޑެއް މެދުވެރިކޮށް ސާވޭއެއް ހެދުމަށް ހުޅުވާލާފައެވެ. އަދި މި ސާވޭގައި ބައިވެރިވެ ޚިޔާލު ދިނުމަށް އާންމުންގެ ކިބައިން އެކުންފުނިން ވަނީ އެދިފައެވެ.

އެމްޓީސީސީން ބުނިގޮތުގައި މިކަން މިގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މަގު ތަރައްގީ ކުރުމުގައި އާންމުންގެ ބޭނުންތަކާއި އެދުންތަކަށް އިސްކަން ދިނުމުގެ ގޮތުންނެވެ. އަދި މިކަމުގައި އާންމުންގެ ހިޔާލަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ސާވޭގައި ބައިވެރިވުމަށް އެމްޓީސީސީން ދީފައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމަށްފަހު ކުރު ސަރވޭއެއް ފުރިހަމަ ކުރަން ޖެހެއެވެ. އަދި މި ސަރވޭގައި ދެވޭ ހިޔާލުތަކަކީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރޭވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމުގައި އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރެވޭނެއެވެ.

މި މަޝްރޫޢުގެ އަގަކީ 144.5 މިލިއަން ރުފިޔާ ކަމަށްވާއިރު، 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫޢުގެ ދަށުން މަގު ފުޅާކުރުމުގެ އިތުރުން، ކީވޯލް ބޭރަށް ޖެއްސުމާއި، ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި، ރޯޑް މާކިންގ އަދި ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

މި މަޝްރޫޢަކީ މާލޭގެ ނޯތު ހާބަރާ ހަމައަށް ކުރިއަށްގެންދެވޭ މަސައްކަތެއްގެ ފުރަތަމަ ފިޔަވަހި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށީގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވެއެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ކަމާ ގުޅުންހުރި ފަރާތްތަކާއެކު ރޭވިގެން، އެ ސަރަޙައްދުގެ ޓްރެފިކަށް ފަސޭހަވާނެ ގޮތަށް ކަމަށްވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ