ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ މަޖިލީސް މި ދައުރު ނިންމައި ޗުއްޓީއަށް

Majlis
MAJLIS

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު މަޖިލީހުގެ މެންބަރުން މިއަދު ޗުއްޓީއަށް ގޮސްފިއެވެ.

މިއަދު ބޭއްވި މި ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު ހަވީރާ ހަމައަށް ދެމިގެންދިޔަ ކަމަށެވެ.

ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ދައުރުގައި ޖުމްލަ 32 ޖަލްސާ ބޭއްވުނު ކަމަށެވެ. އަދި އެ ޖަލްސާތަކުގައި މެންބަރުން ޖުމްލަ 59 ގަޑިއިރު ހޭދަކުރެއްވި ކަމަށް ވިދާޅުވިއެވެ.

މި ދައުރުގައި މެންބަރުން އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވީ ކޮމެޓީތަކުގައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ކޮމެޓީތަކުގެ 193 ބައްދަލުވުން ބޭއްވުނު ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި މެންބަރުން 139 ގަޑިއިރާއި 30 މިނެޓް ހޭދަކުރެއްވިއެވެ.

މި ދައުރުގައި ޖުމްލަ ނުވަ ބިލެއް ފާސްކޮށްފައިވެއެވެ. އޭގެ ތެރޭގައި އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އަދި ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފަދަ މުހިންމު ބިލުތައް ހިމެނެއެވެ.

މި ދައުރުގައި ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާއި ބައެއް މިނިވަންމުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރެއްވުން ހިމެނެއެވެ.

ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ މަސައްކަތްތަކަށް މެންބަރުން ދެއްވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅަނީ

66

ބެސްޓިނެޓާއެކު މަސައްކަތް ނުކޮށްފިނަމަ ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނީސް: އުޝާމް

112

އިސްލާހުތަކާއެކު މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

nazim majilis

ކޮރަޕްޝަން ހިންގަން ނިޔަތް ގަނެގެން ތިބި މީހުންނަށް ރައްކާތެރިކަމެއް ނޯންނާނެ: ނާޒިމު