ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަރުމުދާ ނުވިއްކާ ދަރަނިތައް ޙަލާސްކޮށް އިޤްތިސާދީ މިނިވަންކަން ކަށަވަރުކުރުން އެއީ ރައީސްގެ އަމާޒް: އައިބީ

STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ދިވެހިންގެ ޤައުމީ މުދާ ރައްކާތެރިކުރައްވައި، ދައުލަތުގެ ދަރަނިތައް އަދާކުރައްވަމުން، އަދި އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން މެންބަރު އައިބީ ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަން ފެށުނުއިރު ޤައުމު އޮތީ އިޤްތިޞާދީ އަދި ސިޔާދަތީ މިނިވަންކަން ގެއްލިފައިވާ ހިސާބުގައި ކަމަށެވެ. އެހެންކަމުން، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވީ ރާއްޖޭގައި ބޭރުގެ އެއްވެސް ނުފޫޒެއް ނުބާއްވަވައި، ދިވެހިރާއްޖެއަކީ އިޤްތިޞާދީ ގޮތުން މިނިވަން ޤައުމަކަށް ހެއްދެވުމަށް ކަމަށެވެ.

“ރައީސް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އެމަނިކުފާނު ގެންދަވަނީ މި ދެ ގޮތުން ވެސް ދިވެހިންގެ މި ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދެއްވަމުންނެވެ.”

HajjCop_ads
Advertisement

އައިބީ ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ޤައުމު އޮތީ 126 ބިލިއަން ރުފިޔާއިން ދަރާފައި ކަމަށެވެ. ރާއްޖެ، ދޯންޏެއްގެ މިސާލުގައި ގެންނަވައި، އައިބީ ވިދާޅުވީ ކަނޑުމަތީ އޮންނަންޖެހޭ ދޯނި އޮތީ 126 މީޓަރު ކަނޑު އަޑީގައި ކަމަށެވެ.

ނަމަވެސް، ޙިކުމަތްތެރިކަމާއެކު ފިޔަވަޅުތަކެއް އަޅުއްވަމުން، ރައީސް މުޢިއްޒު ގެންދަވަނީ އަހަރުން އަހަރަށް ދަރަނި އަދާކުރައްވައި، އިޤްތިޞާދު ވެސް ވަރުގަދަކުރައްވަމުން ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ވެރިކަމުން ފައިބައިގެން ދިޔައީ ރައްޔިތުންގެ ބޮލުގައި އެތައް ބިލިއަން ރުފިޔާގެ ދަރަނި އަޅުވާފައި ކަމަށާއި، އަދި އެވަރުން ނުފުދިގެން ޤައުމުގެ ހަރުމުދާ ވިއްކުމަށްފަހު ފަހު ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެ ހުރިހާ ދަރަންޏެއް ރައީސް މުޢިއްޒު ގެންދަވަނީ ހަރުމުދާ ނުވިއްކަވައި އަދާކުރައްވަމުން ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރަކީ ދަރަނީގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް ދައްކަންޖެހޭ އަހަރެއްކަން ފާހަގަކުރައްވައި، އައިބީ ވިދާޅުވީ ރައީސް ގެންދަވަނީ އެކަމަށް ވެސް ތައްޔާރުވަމުން ކަމަށެވެ.

އައިބީ ވަނީ ރައީސް މުޢިއްޒުގެ މި ވެރިކަމުގައި ރާއްޖެއަކީ ހުރިހާ ގޮތަކުން މިނިވަން، މުސްތަޤިއްލު ޤައުމަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

466845 e668f9cd 6

 މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް”، އެމްޑީޕީން ގެންގުޅުނީ ޕްރޯ-އިސްރާއީލު ސިޔާސަތެއް: ރައީސް

DSC

ރައްޔިތުންގެ މަޖިލީހުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ އިންސައްތައެއް ކަނޑައަޅައި، ޒުވާނުންގެ މަޖިލީހެއް އުފައްދަވަނީ

Ew

ރައީސް މުއިއްޒު: އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން އޯޑަރު ލިބޭ ބޭފުޅެއް

DSC

ކުރީ ސަރުކާރުތަކުން ދެއްކީ ވާހަކަ، މި ސަރުކާރުން ނެރެނީ ނަތީޖާ: ރައީސް