ކުއްލި ޚަބަރު

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް “ސްޓޭބަލް” އަށް ބަދަލުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް އާރްޑީސީއިން ވަޒީފާ ހަމަޖެހިއްޖެ

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ޒުވާނުން ދުންފަތުން ސަލާމަތްކުރަން ރައީސް އެޅުއްވި ފިޔަވަޅަށް ޑަބްލިޔުއެޗްއޯގެ ތައުރީފް!

ދުންފަތުގެ ބޭނުންކުރުން ހުއްޓުވުމަށް ޖެނެރޭޝަނަލް ބޭނެއް ތަޢާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވާފައިވާ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވޭ މުހިންމު ފިޔަވަޅެއްކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ ބަޔާންކޮށްފައެވެ.

މި ބަޔާން ނެރުއްވާފައިވަނީ 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެންނެވެ.

މި އިޞްލާޙާ ގުޅޭގޮތުން ޑަބްލިޔު.އެޗް.އޯ އިން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މަރުޙަބާ ދަންނަވާފައިވެއެވެ. އަދި މިއީ ދެކުނު އޭޝިއާގެ ސަރަޙައްދުގައި މިފަދަ ފިޔަވަޅެއް އެޅުއްވި ފުރަތަމަ ޤައުމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.

ޑަބްލިޔު.އެޗް.އޯ އިން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްރާއްޖެއިން މި އަޅުއްވާފައިވާ ފިޔަވަޅަކީ ދުންފަތުގެ އިސްތިޢުމާލުން އެއްކިބާވެފައިވާ، ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށް ސަރަޙައްދީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާނެ ހިތްވަރެކެވެ.

ދުންފަތުގެ ބޭނުންކުރުން ހުއްޓުވުމަށް ޖެނެރޭޝަނަލް ބޭނެއް ތަޢާރަފުކުރުމާ ގުޅޭ ޤާނޫނީ އިޖުރާއާތުތައް ދިވެހިރާއްޖެއިން ވަނީ ފުރިހަމަކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރެއިން، ޒުވާން ޖީލު ދުންފަތުން ދުރުހެލިކުރުމަށް ކަނޑައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ވަނީ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދެވި ސޯޝަލް މީޑިއާ ޕޯލެއްގެ ނަތީޖާއަށް ރިޢާޔަތްކުރައްވައި ކަނޑައަޅުއްވާފައެވެ.

މި ތާރީޚީ ޕޯލަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އެމަނިކުފާނުގެ ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ސޯޝަލް މީޑިއާ މަންޞަ އެއްގައި ހުޅުވާލެއްވި ފުރަތަމަ ޕޯލެވެ. މި ޕޯލުގައި 5،000 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެ، އެ ފަރާތްތަކުގެ ޚިޔާލު ވަނީ ރައީސަށް ހުށަހަޅުއްވާފައެވެ.

ޒުވާން ޖީލު ދުންފަތުން ދުރުހެލިކުރުމަށް ކަނޑައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ތަންފީޛުކުރުމަށް ޤާނޫނަށް ގެނެވުނު އިޞްލާޙާ އެކު، މި ޤާނޫނު ދިވެހިރާއްޖޭގައި ތަންފީޛުކުރަން ފެށުމުން، ދިވެހިރާއްޖެ ވެގެންދާނީ ދުނިޔޭގައި މިފަދަ ޤާނޫނެއް ފާސްކޮށް، އެއަށް ޢަމަލުކުރާ ފުރަތަމަ ޤައުމަށެވެ. އެހެން ބައެއް ޤައުމުތަކުންވެސް ދުންފަތާ ދެކޮޅަށް ޖެނެރޭޝަނަލް ބޭނެއް ކަނޑައެޅުމުގެ މަސައްކަތް ކޮށްފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ޤައުމަކުން މިފަދަ ބޭނެއް ތަންފީޛުކޮށްފައެއް ނުވެއެވެ.

އެހެންކަމުން، ޖެނެރޭޝަނަލް ބޭނެއް ކަނޑައަޅައި، ތަންފީޛުކުރާ ފުރަތަމަ ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ރެކޯޑުކުރެވިއްޖެނަމަ، އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަށް ލިބިގެންދާނެ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. މީގެ އިތުރުން، މިއީ ކޮންމެ ދިވެހި ރައްޔިތަކުވެސް އުފަލާއެކު ފަޚުރުވެރިވާނެ ކަމެއްކަން ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި ޕާކަކާއި ޕާކިން ޒޯނެއް ތަރައްގީކުރަނީ

427492 863d11aa 3

އަންހެނުންނަށް ކުރާ އަނިޔާތަކުން އެ މީހުންނަށް ރައްކާތެރިކަން ހޯދައިދޭން ފަސްޖެހިގެންނުވާނެ: ރައީސް

Ii

ވިލިމާލޭގައި ބޮޑު ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ: ރައީސް

437258 a640f2cb 7

ރައީސް މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ

TTH_advertisement