ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަހަރީ ރިޕޯޓު ނެރެފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފިއެވެ.

މިކަމަށްޓަކައި މިއަދު މެންދުރު އިސްލާމީ މަތުކަޒުގެ ޖަލްސާކުރާ މާލަމުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒު އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުވެސް ވަނީ ނެރެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ރިޕޯޓުގައި ހިމެނިފައިވާ މިދިޔަ އަހަރު ކުރެވުނު ކަންތައްތަކަކީ ވުޒާރާގެ އެންމެހާ މުވައްޒަފުން ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާކަމަށާއި ދިވެހިރާއްޖޭގެ އިސްލާމީކަންތައްތައް ކުރިއެރުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ޤައުމީ މުހިއްމު މަސައްކަތެއްކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މިއަހަރަކީ 2024 ވަނަ އަހަރަށްވުރެ ކާމިޔާބު އަހަރެއްކަމަށާއި މިހާތަނަށްވެސް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ