ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީ އެމްބިއުލާންސް ޚިދުމަތަށް އިތުރު 10 އުޅަނދު ހޯދަނީ

ދިވެހި ސިފައިންގެ އެހީތެރިކަމާއެކު ހިންގަމުންދާ ސީ އެމްބިއުލާންސް ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަ ކަމަށް ދިފާޢީ ވަޒީރު އަލްފާޟިލް ޣައްސާން މައުމޫން ހާމަކުރައްވައިފިއެވެ. މި ގޮތުން މި އަހަރުގެ ތެރޭގައި އިތުރު 10 އުޅަނދު ހޯދުމަށް ރޭވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސީ އެމްބިއުލާންސްގެ ޚިދުމަތަކީ ސިފައިން ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ފޯރުކޮށްދެއްވާ ޚިދުމަތެއް ކަމަށާއި، އާސަންދައިގެ ހުއްދަ ލިބުމާއެކު އެންމެ އެދެވޭ ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.

އެހެންނަމަވެސް، މި ވަގުތު ބޭނުންކުރަމުންދާ އުޅަނދުތަކުގެ އަދަދު ރާއްޖެއަށް ބޭނުންވާ މިންވަރަށްވުރެ މަދުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މުޅި ރާއްޖެއަށް ދެވޭ މި ޚިދުމަތް އެކަށީގެންވާ އަވަސްމިނެއްގައި ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“އުޅަނދުތަކުގެ އަދަދު މަދުވުމާއި، ބައެއް އުޅަނދުތައް ބާވެފައިވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަން. ނަމަވެސް، އާސަންދައިގެ ހުއްދަ ލިބުމާއެކު އަޅުގަނޑުމެން ދޭންޖެހޭ ޚިދުމަތް ފޯރުކޮށްދެމުން އެބަ ގެންދަން. މި ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި އިތުރު 10 އުޅަނދު ހޯދުމުގެ މަސައްކަތް ދިފާޢީ ވުޒާރާއިން ދަނީ ކުރިއަށް ގެންދަމުން،” ވަޒީރު ޣައްސާން މައުމޫން ވިދާޅުވިއެވެ.

ސީ އެމްބިއުލާންސްގެ ޚިދުމަތަކީ 24 ގަޑިއިރު ލިބެންހުންނަ ޚިދުމަތެކެވެ. މި ޚިދުމަތަށް ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން، ވޭތުވެދިޔަ އަހަރު އެއަރ އެމްބިއުލާންސްގެ ޚިދުމަތްވެސް ވަނީ ތަޢާރަފުކުރެވިފައެވެ. މި ޚިދުމަތް ފެށުނުތާ އަހަރެއް ވެފައިވާއިރު، 780 އަށްވުރެ ގިނަ ދަތުރު ބަލިމީހުން އުފުލުމަށްޓަކައި ކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

WhatsApp Image 2026 03 22 at 16.33.43

މިނިސްޓަރު ޣައްސާން ދެއްވި ޔަގީންކަން: ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެންމެ އިންޗިއެއްވެސް ބަޔަކަށް ނުދޭނެ

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި