ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީގެ ކާސްޓްރޯލް އުފެއްދުންތަށް އެހެން ފަރާތަކުން ވިއްކާނަމަ ސަމާލުވުމަށް އެދެފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނެރުނު ރަސްމީ ބަޔާނެއްގައި، ކާސްޓްރޯލް އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތަކީ އެމްޓީސީސީ ކަމަށް އާންމުންގެ ސަމާލުކަމަށް ގެނެސްދީފިއެވެ.

ކާސްޓްރޯލް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެމްޓީސީސީ އަކީ ދިވެހިރާއްޖޭގައި ކާސްޓްރޯލްގެ ހަމައެކަނި ޑިސްޓްރިބިއުޓަރ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. އެހެންކަމުން، އެހެން އެއްވެސް ފަރާތަކުން ކާސްޓްރޯލް ބްރޭންޑްގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެކޮށް، ވިއްކައި ނުވަތަ މާކެޓްކުރުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމުގައި އެމްޓީސީސީ އިން ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އެމްޓީސީސީ ފިޔަވައި އެހެން ފަރާތަކުން ރާއްޖޭގައި ކާސްޓްރޯލް ވިއްކާކަމުގެ ދޮގު މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މިފަދަ ޢަމަލުތަކަކީ ވިޔަފާރީގެ ރޫޙާ ޚިލާފު ކަންކަން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެމްޓީސީސީގެ ވިޔަފާރިއަށް ގެއްލުންވާފަދަ އެއްވެސް ޢަމަލެއް އެ ކުންފުނީގެ ސަމާލުކަމަށް އަތުވެއްޖެނަމަ، އެފަދަ ޢަމަލުތައް ކުށްވެރިކޮށް، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި އެމްޓީސީސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަން އެ ކުންފުނިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ