ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާނނުގެ އެއަރ ފޯސްއަކީ ދުނިޔޭގައި 4.5 ވަނަ ޖީލުގެ މަތިންދާބޯޓުތައް ވައްޓާލި ފުރަތަމަ އަސްކަރީ ބާރު!

ޕާކިސްތާނުގެ ސިފައިންގެ އަތުގައި ޒަމާނީ އަސްކަރީ ޓެކްނޮލޮޖީތައް ހުރިކަން ހާމަވެއްޖެ އެހިނީ ޕާކިސްތާނނުގެ އެއަރ ފޯސްއަކީ ދުނިޔޭގައި 4.5 ވަނަ ޖީލުގެ މަތިންދާބޯޓުތައް ވައްޓާލި ފުރަތަމަ އަސްކަރީ ބާރު ކަމުގައި ވެއްޖެއެވެ.

ޕާކިސްތާނުގެ ސިފައިންގެ އަތުގައި ވަރަށް ފުޅާ ދާއިރާއެއްގައި ޒަމާނީ އަދި ޚާއްޞަ އަސްކަރީ ޓެކްނޮލޮޖީތައް ހުރިކަން ތަޖުރިބާކާރުން ހާމަކުރެއެވެ. މިކަން ހާމަވެގެން ދިޔައީ ފަހުން ހިނގި ޕަކިސްތާނަށް އަމާޒުކުރި ހަމަލާގައި މި ޓެކްނޮލޮޖީތައް ބޭނުންކުރެވުނު ގޮތުންނެވެ.

ޕާކިސްތާނުގެ ސިފައިންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ހަނގުރާމައިގައި ބޭނުންކުރެވުނު ޓެކްނޮލޮޖީތަކަކީ އެ ޤައުމުގެ އަސްކަރިއްޔާގެ އަތުގައި ހުރި ޓެކްނޮލޮޖީތަކުގެ ތެރެއިން ކުޑަ ބައެކެވެ. އަދި މި ޓެކްނޮލޮޖީތައް ބޭނުންކުރެވިފައިވަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ.

“އަޅުގަނޑުމެންގެ އަތުގައި ހުރި ގިނަ ޤާބިލުކަންތަކެއް މުސްތަޤުބަލުގައި ދުނިޔެއަށް ސަޕްރައިޒެއްގެ ގޮތުގައި ދައްކާލުމަށްޓަކައި ސިއްރުކޮށްފައި ބަހައްޓާފައިވާނެ،” ޕާކިސްތާނުގެ ސިފައިންގެ އިސް އޮފިސަރެއް ވިދާޅުވިއެވެ.

މި ކަމާ ގުޅޭގޮތުން ޕާކިސްތާނުގެ ސަރުކާރުން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުގެ ސިފައިންގެ އަތުގައި މިފަދަ ޓެކްނޮލޮޖީތައް ހުރުމަކީ އެ ޤައުމުގެ ދިފާޢީ ޤާބިލުކަން އިތުރުވެގެންދާނެ ކަމެއްކަމަށް ސަލާމަތީ ދާއިރާގެ މާހިރުން ދެކެއެވެ. އަދި މިއީ ސަރަޙައްދުގެ ބާރުގެ ވަޒަންތަކަށް ބަދަލު އަތުވެދާނެ ކަމެއްކަމަށްވެސް ބެލެވެއެވެ. އެހެންކަމުން ވާދަވެރި ގައުމު ތަކުން މިކަމަށް ފާރަވެރިވާނެކަން ކަށަވަރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕާކިސްތާނުން އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފި

އެމެރިކާގެ ފުރިހަމަ ތާއީދު ޕާކިސްތާނަށް: ޕާކިސްތާނުން ކަންތައް ކުރަނީ ވަރަށް ރަނގަޅަށް – ޓްރަމްޕް

ކަރާޗީ ޝޮޕިންގ މޯލް އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 6 އަށް، އެތައްބަޔަކު އަދިވެސް ނުފެނޭ

އިސްލާމްއާބާދު ހަމަލާއާ ގުޅުވައި ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވި ތުހުމަތު އިންޑިއާއިން ދޮގުކޮށްފި