ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

“އުފެންއްދުންތެރިކަމުގެ މައުރަޒު 2025” އަށް ތަކެތި ބަލައިގަންނަން ފަށައި

ދިވެހި އުފެއްދުންތެރިކެރިކަމުގެ ޤައުމީ މައުރަޒު 25 ގެ މުބާރާތުގެ ބައިގައި ބައިވެރިވުމަށް ހުށަހަޅާ ތަކެތި ބަލައިގަތުން ފަށައިފިއެވެ.

އިޤްތިޞާދީ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން މި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ، ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ޤާބިލުކަން ދެއްކުމަށް ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އެއް މައުރަޒެވެ.

އިޤްތިޞާދީ ވުޒާރާގެ ސީނިއަރ ޕޮލިސީ އޮފިސަރ މުޞްޠަފާ ޢަބްދުލްޣަފޫރު ވިދާޅުވީ، މައިގަނޑު 15 ދާއިރާއަކުން 83 ސަބް ކެޓަގަރީއަކަށް ތަކެތި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 އިން 13 އަށް އަދި 14 އިން 15 އަށް ކަމަށާއި، ޓެކްނޮލޮޖީ އުފެއްދުންތަކާއި ކާބޯތަކެތީގެ އުފެއްދުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން 17 އަށް ކަމަށެވެ.

މުޞްޠަފާ އިތުރަށް ވިދާޅުވީ، ތަކެތި ބަލައިގަންނަމުން ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޤާއިމުކޮށްފައިވާ ބޮޑު ޓެންޓުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeeed

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބު: ސައީދު

“މޯލްޑިވްސް އެކްސްޕޯ 2025” ބައިވެރިވުމުގެ އަގު ހެޔޮކޮށްފި

“އުފެއްދުންތެރިކަމުގެ މައުރަޒު 2025” ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް ލިބެމުންއެބަދޭ: ސައީދު

TTH_advertisement